ކަޕިލް ޝަރުމާގެ ކައިވެނި ޑިސެމްބަރު 12 ގައި

މިދުވަސްވަރަކީ ބޮލީވުޑްގައި ކައިވެނިތައް ވަރަށް ގިނަ ދުވަސްވަރެކެވެ. އިންޑިއާގެ ޓީވީ އިންޑަަސްޓްރީގައި ވެސް ގިނަ ކައިވެނިތަކަކާއި އެންގޭޖްމެންޓްތައް މިދުވަސްވަރުގައި ވަނީ ފެނިގެންގޮސްފައެވެ.

އެގޮތުން މިދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުންދަނީ ދީޕިކާ އަދި ރަންވީރު ސިންގްގެ ކައިވެނީގެ ވާހަކައެވެ. މީގެ އިތުރުން ކަޕިލްގެ ކައިވެނީގެ ވާހަކަވެސް މިދުވަސްވަރު ދަނީ އިންޑިއާގެ ނޫސްތަކުގެ ފަލަސުރުޚީން ޖާގަހޯދަމުންނެވެ.

އެގޮތުން އޭނާ ލޯބިވެރިއާ ގިނީ ޗަތުރަތުއާއި އޭނާއާއި ދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގައި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ. އޭނާގެ ކައިވެންޏަށް މިހާރު ތައްޔާރުވަމުންދާއިރު ކައިވެނީކުރަން ހަމަޖެހިފައިވަނީ ގިނީގެ އުފަންއަވަށް ކަމުގައިވާ ޖަލަންދަރުގައެވެ.

ޑިސެމްބަރު 12ގައި ކައިވެނިކުރުމަށްފަހު ކައިވެނީގެ ބޮޑު ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައި ކަމަށްވެސް ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...