އަލްހާން ކުރެއްވި ޓްވީޓަކާއެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިޚާބަކުން ވައްކަން ކުރިކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވުމާއެކު އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިޚާބަކުން ވައްކަން ކުރިކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި އެމައްސަލަ ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ. އަލްހާންގެ ޓްވީޓަށް ގިނަ ބަޔަކު ހިޔާލު ފާޅުކުރިއިރު، އެންމެންގެ ހިޔާލު ހުރީވެސް ދާދި އެއްގޮތަކަށެވެ.

އަލްހާން ކުރެއްވި ޓްވީޓް.

އެގޮތުން ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ރައީސް ޔާމީންއަށް ތައުރީފް ކުރައްވަމުން ގޮސް، އެމަނިކުފާނަށް އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އަލްހާންގެ ރާގު ބަދަލުވެ، ކުއްލިއަކަށް ކޮޅު ބަދަލު ކުރެއްވުމުން އެކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ އަލްހާންއަށް މަލާމާތް ކޮށްފައެވެ.

" ކީއްކުރާނީ.. ރައީސް ޔާމީން ހޮވަން ކަރުން ނާރު ނަގާ ވަރަށް ހަޅޭލެވި ހަނދާނެއް ނުވެސް ނެތް" އަލްހާންގެ ޓްވީޓަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެއެވެ.

އަލްހާންގެ ޓްވީޓަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތައް.

އަލްހާންގެ ޓްވީޓަށް ކޮމެންޓް ކުރި ގިނަ މީހުން ބުނީ އޭނާ ސިފަ ކޮށްފައިވަނީ "ދެފުށްކެހެރި" މީހެއްގެ ގޮތުގައެވެ. އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ، ޕީޕީއެމްއާއި ގުޅިވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާ ވަނީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ.  ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި އެކު، އަލްހާންގެ ވާހަކަތަކާއި ސިޔާސީ ފިކުރުވެސް މިވަނީ ބަދަލުވެގެން ގޮސްފައެވެ.

ޕީޕީއެމްއިން ބޭއްވި ބޮޑު ޖަލްސާއެއްގައި އެޕާޓީއާއި ގުޅިވަޑައިގަތުމަށްފަހު، އަލްހާން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަވެސް ދައްކަވާފައެވެ. އެގޮތުން އަލްހާން ވިދާޅުވީ، އެމްޑީޕީއަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ކިއުމުގެ ބޭނުމެއް ނެތްކަމަށާއި، އެޕާޓީއަކީ ނަމުން ޑިމޮކްރެޓިކް، އަދި ކަމުން ހުދުމުޚްތާރު ޕާޓީއެއްކަމަށެވެ. ކައްޗަށް އެޅި ބިންގާ ކެއްޗާހަމަޔަށް ދިޔަސް ހުންނަނީ ކައްޗައްކަމަށާއި، އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެންޑިޑޭޓަކަށް ވެގެން އައިގޮތްވެސް އެންމެ ފުރަތަމަ ނުބައިކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ މެނިފެސްޓޯއާއި އެމްޑީޕީގެ އުސޫލުތަކާއިވެސް ޚިލާފަށް ކޮށްފައި އޮތްކަމެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

ސިޔާސީ މަސްރަހުގެ ކަންކަން ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުނަނީ އަލްހާން އަކީ، ދެފުށް ދެގޮތް ބޭފުޅެއް ކަމަށެވެ. އެގޮތުން އޭނާ އަކީ، އެއިރެއްގައި ވެރިކަން ކުރާ ބަޔަކަށް ތާއީދުކުރައްވާ، ސަނާ ކިޔަން ލޯބި ކުރައްވާ ބޭފުޅެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢ އެބޮޅޭ މިބޯޅޭ 22 އޮކްޓޯބަރ 2018 - 22:16

    ޑެޑު ތިއީ މިއަދު އެކޮޅަށް މާދަން މިކޮޅަށް ދެފުށް ދެގޮތް މީހެއް އިންތިޚާބުގާ ޕީޕީއެމް އާ ގުޅިގެން އެމްޑީޕީ އަށް ގޮވި އެތިވަރުތައް ކޮބާ؟

  2. ޢަހުމަދު 22 އޮކްޓޯބަރ 2018 - 20:24

    ޢެއީ ސިޔާސީ ރަންޑިއެއް. ޥަގުންނަށް ހީވާނީ ދެންތިބީވެސް ހައްތަާ ވަގުންކަމަށް .

ގުޅުން ހުރި
Loading...