އިންޑިއަން އައިޑަލްގެ ޖަޖުންގެ ޕެނަލުން އަނޫ މާލިކް ވަކިވެއްޖެ

އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު އެ މުބާރާތުގެ ޖަޖު އަނޫ މާލިކް ޖަޖުންގެ ޕެނަލުން ވަކިވެއްޖެއެވެ.

ބޮލީވުޑް ޚަބަރުތަކުގައި ސޮނީ ޗެނަލުން ދައްކަމުން އަންނަ އިންޑިއަން އައިޑަލްގެ ޖަޖު އަނޫ ޕެނަލުން ވަކިވީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމުން ކަމަށް ސޮނީ ޗެނަލާ ހަވާލީ ބުނެފައިވައެވެ. އެ ޗެނެލުން ނެރުނު ބަޔާނެއްގައި ބުނީ ޖޫރީ ޕެނަލުން އަނޫ މާލިކް ނުފެންނާނެ ކަމަށާއި އޭނާގެ ބަދަލުގައި ދާއިރާގައި ފުންނާބު އުސް ކަމަށް އެކަށޭނެ ބޭފުޅުން އެބަ ތިބި ކަމަށާ އެފަދަ ބޭފުޅަކު އައު ޖަޖެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ.

އަދި އެބަޔާނުގައި އިތުރަށް ބުނެފައިވަނި މިޙާރުވެސް ޖަޖުންގެ ޕެނަލުގައި ތިބި ނޭހާ ކައްކަރާ އަދި ޝޭކަރު ޖަޖުންގެ ޕެނެލުގައި ތިބޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ބޭރުގެ ނޫހަކަށް އަނޫ މަލިކް ދިން އިޓަރވިއުއެއްގައި ބުނީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ އިންޑިއަން އައިޑަލްގެ މަސައްކަތްތަކުން ދުރަށް ޖެހިލީ އޭނާގެ ބޮލުގައި އަލޫފައިވާ ޙަޤީގަތާ ޚިލާފު އެ ތުހުމަތުތަކުގެ ސަބަބުން މިވަގުތު މަސައްކަތް ކުރަން ތަންކޮޅެއް ދަތިކަމަށެވެ.

ލަވަކިޔުންތެރިޔާ ޝްވޭތާ ޕަންޑިތު އާއި ސޯނާ މަހާޕަޓްރާގެ އިތުރުން ގިނަ އަންހެނުންތަކެއް ވަނީ އަނޫ މާލިކްގެ މައްޗަށް ޖިންސީ ތުހުމަތުކޮށްފައެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގައެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...