މިހުރީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި- އަބްދުއްރަޙީމް

ޕީޕީއެމްގެ ނައިބް ރައީސް އަދި ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ

ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު ހުންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންއަށްޓަކައި ފަޚުރުވެރިވާ ކަމަށެވެ. އަބްދުއްރަޙީމް ވަނީ މީގެ ކުރިންވެސް ރައީސް ޔާމީންއަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އަބްދުއްރަޙީމް މިއަދު ކުރެއްވި ޓްވީޓް.

އެގޮތުން ދިވެހި ތާރީހު ދުށް އެންމެ ޚިދުމަތްތެރި ރައީސް އަކީ، ރައީސް ޔާމީން ކަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. އަބްދުއްރަޙީމް ވިދާޅުވީ ޤައުމު ދެމިއޮތްހާ ހިނދަކު ރައީސް ޔާމީންގެ ޚިދުމަތްތަކަށް ފަނޑުކަމެއް ނާންނާނެ ކަމަށެވެ.

ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައާއި ގުޅިގެން އެކޯޓުން އިއްވި ހުކުމްގައި ވަނީ ރިޔާސީ އިންތިހާބު ބާތިލްކޮށް، އަލުން އިންތިހާބެއް ބޭއްވުމުގެ އަސާސެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

އެޙުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމަށް އިޙްތިރާމް ކުރާ ކަމަށާއި އަދި ރައީސް ޔާމީންއާއި އެކީގައި ސާބިތުވެ ހުންނެވި ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...