ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ހަނގުރާމަކުރާނަން: ލައްމާން

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް ހަނގުރާމަކުރައްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާރ މުޙައްމަދު ލައްމާން ވިދާޅުވެއްޖެ އެވެ.

ލައްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ތަބާވަނީ ޤައުމުގެ ޚިދުމަތުގައި ޝަހީދުވެވަޑައިގަތް ބަތަލުންގެ ފައިތިލަފުޅުން ކަމަށާއި ބަވަނަވަމުން އަންނަ މި ޒަމާނުގެ ނޫރަކީ އަދުގެ ޒުވާނުންނާއި ގައުމުގެ މިނިވަންކަމާ މެދު ލޯބިކުރާ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ވަޙުދަތު ހިލޭ ސާބަހަށް ދިނުމުގެ އެއްވެސް މަރުޙަލާއެއް ފުރިހަމަނުވާނޭ ކަމަށާއި އެކަން ކުރުމަށް ޖާގަވެސް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލައްމާން އިތުރަށް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ޙަޤީޤީ ނޫރުންގެ ބަސްމަގު ހުންނެވި ގޮތް ކަމަށެވެ.

ލައްމާން މިހެން ވިދާޅުވި އިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވެވުން މިއަދު މެންދުރު 1:00 ޖަހާއިރަށް ވަނީ ސުޕްރީމް ކޯޓުގައި ތާވަލުކުރެވިފަ އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...