ޗެލްސީއިން ހަޒާޑް ނުދޭނެ: މޮރީނިއޯ

ކިތަންމެ ބޭނުންވި ކަމުގައިވިޔަސް ޗެލްސީއިން ހަޒާޑް ނުދޭނެކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ. 

ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން މޮރީނިއޯ ބުނީ ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑް އޭނާގެ ޓީމަށް ބޭނުންވާކަމަށެވެ. އަދި އެ ދެމީހުން އެކުގައި މަސައްކަތް ކޮށްފި ކަމުގައިވާނަމަ ނުހަނު ގިނަ ކާމިޔާބީތަކެއް ލިބޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.

މޮރީނިއޯ ބުނީ އޭނާ ކިތަންމެ ބޭނުންވި ކަމުގައިވިޔަސް ޗެލްސީ ހިންގަނީ ބުއްދިވެރި އަދި ތަޖުރިބާކާރު ބައެއްކަމަށާއި ހަޒާޑް މެންޗެސްޓާ ޔުނައިޓެޑަށް ދުވަހަކުވެސް ނުވިއްކާނެކަމަށެވެ. މޮރީނިއޯ ބުނީ އޭނާ ޤަބޫލުކުރާގޮތުގައި ސީޒަން ފެށިފައިވާއިރު މިހާތަނަށް ފެނުނު ކުޅުމުން އެންމެ މޮޅު ކުޅުންތެރިއަކީ ހަޒާޑް ކަމަށާއި އޭނާ ޗެލްސީގައި ހުރިކަމުގައިވާނަމަ ލީގުގެ އެއްވަނަ ހޯދާނީ ޗެލްސީއިން ކަމަށެވެ.

އަދި ޕްރިމިއަރ ލީގުގައި ހަޒާޑްވަނީ އަބަދުވެސް މޮޅު ކުޅުމެއް ދައްކާފައިކަމަށާއި ތާރީޚު ހެކިދޭގޮތުގައިވެސް އޭނާއަކީ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ. މޮރީނިއޯ މިފަދައިން ބުނެފައިވާއިރު ހަޒާޑްވެސް ވަނީ އޭނާ މޮރީނިއޯ އާއެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެފައެވެ.

ހަޒާޑްވަނީ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން 2015ވަނަ އަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...