ރައީސް ޔާމީންގެ މި ދައުރު އެ ފުރިހަމަކުރެއްވީ މީގެ ކުރިން ރާއްޖެ ނުދެކޭފަދަ ތަރައްޤީއާއި ކުރިއެރުން ހާސިލްކުރައްވާފައި- މިނިސްޓަރ ސައީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ  ޔާމީން އަބްދުލް ޤައްޔޫމް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު އެ ފުރިހަމަކުރެއްވީ ދިވެހިރާއްޖޭ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ތިޔާގިކަމާއި، ތަރައްޤީއާއި ކުރިއެެރުން ހާސިލްކުރައްވާފައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިޟާދާއި ފުދުންތެރިކަމާ، އިޖްތިމާއީ ދުޅަހެޔޮކަމަށް ބަލާލިކަމުގައި ވިޔަސް ރާއްޖެ ކުރިއެރުންތަކެއް ހޯދައިފައިވާކަމަށެވެ.

"ދިވެހިރާއްޖެ ހަމަޖެހިއްޖެ. މިކިޔަނީ ގާތްގަނޑަކަށް 33 އަހަރާ ނުބައްދަލު ކުރިއެރުމާ ތަރައްްޤީއާއި ތަހުޒީބު ފަސް އަހަރެއްގެ ތެރޭގައި އައި ވާހަކަ" މިނިސްޓަރ ވިދާޅުވިއެވެ.

އަދި އޭގެ މޭސްތިރިޔަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގޮތުން ވަރަށް ބުރަ ނުރައްކާތެރި ހަމަނުޖެހުންތައް ބޮޑު ފަސް އަހަރުތެރޭގައި ވެސް އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާފައި ވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


  


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...