އިޖްރާއި މައްސަލަތަކާ މެދު މިއަދު ގޮތެއް ނިންމާއިރު، މިއަދުވެސް ކޯޓު ސަރަހައްދަށް އެއްވެފައި މީހުންގެ އަދަދު ގިނަ

ރިޔާސީ އިންތިޚާބު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ނެގި އިޖުރާއީ މައްސަލައިގައި މިއަދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށް ގެންދާއިރު، އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

އެ ސަރަޙައްދުގައި މީހުން ގިނަނަމަވެސް ސަރަހއްދުގެ ކަންތައްތައް ކުރިއަށް ދަނީ ވަރަށް އަޟާން އޮމާން ކަމުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ސުޕްރީމް ކޯޓަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިއަދުގެ 10:30 އަށް ތަވާލްކޮށް އިއްޔެގެ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ޑީޑީ ވިދާޅުވީ، ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހުށައެޅި އިޖުރާއީ މައްސަލަތަކަށް ގޮތެއް ނިންމުން މިއަދު އޮންނާނެ ކަމަށެވެ.

10:30 ގައި ފެށޭ މި އަޑުއެހުމަށް ވަނުމަށް އާންމުންގެ 23 މީހަކަށާ ނޫސްވެރިކަމުގެ އެކި އެކި މީޑިއަމްތަކުގެ 10 ފަރާތަކަށް ފުރުޞަތު ވަނީ ދީފައެވެ. މި މައްސަލައިގެ އަޑު އެހުން އެހުމަސް ކޯޓަށް ވަނުމަށް އިއްޔެ ހަވީރު 4:30 އިން ފެށިގެން އެ ސަރަހައްދުގައި އާންމުން ކިޔު ހެދިކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުލްޤަނީ މުހައްމަދުއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...