ސިފައިންގެ އެކުވެރި ކުންފުނީގެ ނަމުގައި ރައީސް އާ ކުންފުންޏެއް އުފައްދަވައިފި

ސިފައިންގެ 123 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، ސިފައިންގެ ކުންފުންޏެއް އުފައްދަވައިފިއެވެ.

ސިފައިންގެ އެކުވެރި ކުންފުނި ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ކުންފުންޏާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެކުންފުނި އުފެއްދުމުން ސިފައިންގެ ވެލްފެއާ އާއި މާލީ ކަންކަން އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށެވެ.

ސިފައިންގެ އެކުވެރި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް. މި ކުންފުނީގެ ރައުސްމާލަކީ 10 ރުފިޔާގެ އެއްސަތޭކަ މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 1 ބިލިޔަން ރުފިޔާއެވެ.

އެކުންފުނި އުފެއްދެވުމަށްފަހު ރައީސް ނެރެފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ އެ ކުންފުންޏަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމާއި، އަދި އެ ކަންކަމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...