އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުން ޗެނަލް 13 ގެ ނޫސްވެރިންނަށް ފުރައްސާރަ ކޮށްފި

ޗެނަލް 13 ގެ ނޫސްވެރިއަކަށް ސްޕްރީމް ކޯޓު ކައިރިން ފުރައްސާރަ ކުރަނީ

ސްޕްރީމް ކޯޓުގައި އޮތް މިއަދުގެ އަޑުއެހުން ދިޔައިރު ކޯޓު ކައިރިއަށް އެއްވެ ތިބި އިދިކޮޅު ކޯޅިޝަންގެ ބައެއް އެކްޓިވިސްޓުން ޗެނަލް 13 ގެ ނޫސްވެރިނަންނަށް ފުރައްސާރަކޮށްފިއެވެ.

2008 ވަނަ އަހަރު ވުޖޫދުވެގެން އައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މިއަދު ސްޕްރީމް ކޯޓު ކައިރީއަށް އެއްވެ ތިބި އިދިކޮޅު ކޯލިޝަންގެ ބައެއް އެކްޓިވިސްޓުންވަނީ ޗެނަލް 13 ގެ ބައެއް ނޫސްވެރިންނަށް ވަގަށް ގޮވާ ގަޔަށް އަތްލުމަށް މަސައްކަތްކޮށްފައެވެ.

އަދި މީގެ އިތުރުން މާރާލާނެ ކަމަށް ބުނެ ބައެއް ނޫސްވެރިންނަށް އިންޒާރުދީ ހަޑި ހުތުރު ބަހުން ވަނީ ނޫސްވެރިނަންނަށް ގޮވާ ފުރައްސާރަ ކޮށްފައެވެ. ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހައްޅުވައިފައިވާ ދުސްތޫރީ މައްސަލައިގެ އަޑު އެހުން ކުރިއަށް ދާއިރު އިއްޔެގަވެސް ވަނީ ޗެނަލް 13ގެ ނޫސްވެރިންނަށް ތަފާތު އެކި ކަހަލަ ބިރުތައް ދައްކާފައެވެ. އަދި މީގެ އިތުރުންވެސް ޗެނަލް 13ގެ ނޫސްވެރިންނަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި އެކި ގޮތްގޮތުންއަދިކޮޅުގެ ފަރާތްތަކުން ވަނީ ނޫސްވެރިންނަށް ބިރުދައްކާފައެވެ.

ހުރިހާ މީޑިޔާތަކަށް ފުރުސަތު ހުޅުވާލެވިގެން ސުޕްރީމް ކޯޓުގައި ޕީޕީއެމް އިން ހުށަހަޅައިފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އަޑު އެހުމުގެ މަރުހަލާތަށް ކުރިއަށްދާއިރު ޗެނަލް 13ގެ ނޫސްވެރިއާ ސުޕްރީމް ކޯޓުން ބޭރަަށް ނިކުތުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ހަމަނުޖެހުން ހިނގުމަށް މަސައްކަތްތަކެއްކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށްވެސް ވަނީ ތަފާތު އެކިކަހަލަ ހަމަލާތައް ދީފައެވެ. އެގޮތުން ފުލުހެއްގެ ގަޔަށް ބިއްލޫރި ފުޅިއެއް ވަނީ ތަޅާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...