ހޫތީ ހަނގުރާމަވެރިންގެ ގޮތުގައި ބޭނުންކުރާ ކުޑަކުދިންގެ އަދަދު 23،000 އަށްވުރެ އިތުރުވެއްޖެ

ހޫތީ ހަނގުރާމަވެރިންގެ ގޮތުގައި ބޭނުންކުރާ ކުޑަކުދިންގެ އަދަދު 23،000 އަށްވުރެ އިތުރުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން ދެ ހާސް ފައްސަތޭކަ ކުޑަކުދިންނަކީ މިއަހަރުގެ ތެރޭގައި ހޯދާފައިވާ ކުދިންނެވެ.

ކުޑަކުދިން ހޯދުމަށްފަހު ހޫތީން ދަނީ އެ ކުދިންނަށް ހަތިޔާރު ބޭނުންކުރާ ގޮތްތައް ދަސްކޮށްދިނުމަށްފަހު ހަނގުރާމައިގެ ކުރީ ސަފުތަކުގައި ބޭނުން ކުރަމުންނެވެ. މިއާއެކު އެކުދިންނަށް ތައުލީމު ހޯދުމުގެ ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހަނގުރާމައިގައި ބޭނުން ކުރުމުގެ އިތުރުން ހޫތީން ދަނީ ކުޑަކުދިން ލައްވާ ބުރަ މަސައްކަތް ވެސް ކުރުވަމުންނެވެ. އެގޮތުން ހަނގުރާމަ ފެށި ފަހުން 2 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ލައްވާ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުވަމުންދާ ކަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން 1.6 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ވަނީ ތައުލީމް ހާސިލު ކުރުމުން މަހްރޫމުވެފައެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށިފަހުން މިހާތަނަށް އައިއިރު ހޫތީން ވަނީ އެޤައުމުގެ 2،000 އަށްވުރެ ގިނަ ސްކޫލްތައް ހަލާކުކޮށް، 1،500 އަށްވުރެ ގިނަ ސްކޫލްތައް ޖަލުތަކާއި އަސްކަރީ ބެރެކްސްގެ ގޮތުގައި ބޭނުންކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...