އިޖުރާއީ މައްސަލަތަކުގައި މާދަމާ ގޮތެއް ނިންމަނީ، އަޑު އެހުން މާދަމާ 10:30ގައި

 ރިޔާސީ އިންތިޚާބު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ނެގި އިޖުރާއީ މައްސަލައިގައި މާދަމާ ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން މާދަމާގެ 10:30 އަށް ތަވާލްކޮށް މިއަދުގެ އަޑުއެހުން ވަނީ ނިންމާލަފައެވެ. ޝަރީޢަތުގެ މަޖިލިސް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ޑީޑީ ވިދާޅުވީ، ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހުށައެޅި އިޖުރާއީ މައްސަލަތަކަށް ގޮތެއް ނިންމުން މާދަމާ އޮންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހުށައެޅި އިޖުރާއީ ނުކުތާއަކީ އެ ފަރާތްތަކުން ހުށައެޅި ސިއްރު ހެކިބަސް ހެކެއްގެ ގޮތުގައި ޝަރީޢަތަށް ހުށައެޅުމުގެ ފުރުސަތު ދިނުމެވެ. މީގެއިތުރުން، އިންތިހާބާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ޖިނާއީ ތަހްގީގެއް ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ޓީމުގެ ފަރާތުން މިއަދުގެ އަޑުއެހުމުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ މެމްބަރުން ވަނީ ބަޔަކަށް ވީސާ ހޯދަދީގެން ޗައިނާއަށް އަނގޮޓި ގަންނަން ފޮނުވާފަކަމަށް. އަދި އެ ފަރާތްތަކުގެ ހެކިބަސް ސިއްރު ހެކިބަހެއްގެ ގޮތުގައި، ކޯޓަށް ހުށައަޅަން ރައީސް ޔާމީންގެ ޓީމުގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.


އަދި އެ ފަރާތްތަކުން ސިއްރު ހެކިންގެ ބަޔާންތަކުގެ ކޮޕީ އެއް ޝަރީޢަތަށް ހުށައަޅާފައެވެ. ހެކިންގެ މަޢުލޫމާތު އުނިކުރުމަށް ފަހު، އެ ފަރާތްތަކުގެ ބަޔާންތަކުގެ ކޮޕީ އެއް ޝަރީއަތަށް ހުށައަޅަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒް އައްބާސް ޝަރީފް ވިދާޅުވީ، އެ ބަޔާންތަކުގެ ކޮންޓެންޓަށް ބަލަވާލެއްވުމަށް ފަހު އެކަމުގައި ގޮތެއް ނިންމެވުން މުހިންމު ކަމަށެވެ.

އައްބާސް ވިދާޅުވީ ދޫސްތޫރީ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުންގެ ހައިސިއްޔަތުންވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމަށް އެކި ވަރުގެ ފުރައްސާރަ ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ގްރީން ޒޯނެއްގައި ހިމެނޭ ސްޕްރީމް ކޯޓަށް ވަންނަން އައުމުންވެސް އެކި ގޮތްގޮތައް އުނދަގޫ ކުރަމުން ދާ ކަން އައްބާސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި މައްސަލައިގައި ހެކިބަސް ދޭ ފަރާތްތަކަށް ނުރައްކަލެއް އައުން އެކަށީގެންވާ ކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން ހެކިބަސް ސިއްރު ހެއްކެއްގެ ގޮތުގައި ހުށައަޅަން ބޭނުންވަނީ އެ ފަރާތްތަކުގެ ފުރާނައަށް ގެއްލުން ވާ ވަރުގެ ކަމެއް ހިނގާ ފާނެތީ ކަން އެ ފަރާތްތަކުން ފާހަގަކުރެއްވިއެވެ.

އައްބާސް ވިދާޅުވީ 2013 ވަނަ އަހަރުގެ ތެރޭގައިވެސް އިންތިހާބާ ގުޅިގެން ހުށައެޅި މައްސަލައިގައި ސިއްރު ހެކިބަސް ސުޕްރީމް ކޯޓުން ބަލައިގެންނެވި ކަމަށެވެ. މިއަދުގެ އަޑުއެހުމުގެ އެ މައްސަލައިގެ ހެކިންގެ ވަނަވަރު އުނިކޮށް ހުށައެޅި ބަޔާންތަށް ހުށައެޅުމަށް ފަހު ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވިދާޅުވީ، ފަނޑިޔާރުންގެ ބެންޗުން ބޭނުންވާ ނަމަ، ފަނޑިޔާރުންނަށް އެ ފަރާތްތަކުގެ ވަނަވަރު ހާމަކުރެވިދާނެ ކަމަށެވެ.

އިޖުރާއީ މައްސަލަތަކުގައި މާދަމާ ސުޕްރީމް ކޯޓުން ގޮތެއް ނިންމާ ގޮތައް މިއަދުގެ އަޑުއެހުން ނިންމާލަފައިވާއިރު، މާދަމާގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރައްވައެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުލްޤަނީ މުހައްމަދުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...