ޔަގީންކަން އޮތިއްޔާ ހިމޭނުން ތިއްބަވާ!

ނިމި ދިޔަ ސެޕްޓެމްބަރ 23 ވަނަ ދުވަހު ނެގި ރާއްޖޭގެ ރިޔާސި އިންތިޚާބުގައި ނެނގި ވޯޓުގައި މަކަރާ ހީލަތާ ގޮތް ނޭނގޭ އެތައް ކަމެއް ހުރިކަމަށް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ އަދި އެމަނިކުފާނުގެ ޓީމަށް ފެނިވަޑައިގެން، އެކަމާ ގުޅިގެން އެބޭފުޅުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަަލަ އެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކެއް މިއަދާ އިއްޔެވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު، އިދިކޮޅު ކޯލިޝަނުން ދަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔާ އެތައް ހާސް ރައްޔިތުންގެ ހައްގުތަކެއް ނަނގާލަން ރައީސް ޔާމީން އާ އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރަމުން ގެންދަވާކަމަށް ތުހުމަތު ކުރަމުން ކަމަށް ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ބޭފުޅުން ވިދާޅުވަނީ 134،000 މީހުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށާ އެހެން ކަމުން ބަލިކުރައްވާ މަޑުން ހުންނެވުމަށާ އަދި ދެންވެސް އިންތިޚާބެއް ބޭއްވި ކަމުގައި ވީނަމަވެސް ބޮޑުތަނުން ބަލި ކުރާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބާޠިލް ނުކުރެވޭނެ ކަމަށާ އަދި ހައިކޯޓުގެ މަރުހަލާ ނުނިންމާ ސީދާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަ ނޭޅޭނެ ކަމަށް ބުނަމުން ގެންދާއިރު ދިވެހި އެތައް ރައްޔިތުންނެއް ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.  އަދި ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށްދާ އިރު އިދިކޮޅުން އެމައްސަލަ އަށް ތަދައްޚުލް ވުމުގެ ފުރުޞަތަށް އެދި އެ ފުރުޞަތު ސުޕްރީމް ކޯޓުން ދެއްވުމާ އެކު އެބޭފުޅުން ވަނީ މައްސަލައިގައި ތަދައްޚުލް ވެ ވަޑައިވެސް ގެންފައިވާއިރު ކުރިއަށްދާ ދުސްތޫރީ މައްސަލަ އާ ގުޅިގެން އިދިކޮޅުން މިހާ ވަރަށް ތެޅި ފޮޅެނީ ކީއްވެތޯ ދިވެހި ރައްޔިތުންގެ ގިނަބަޔަކު ދަނީ ސުވާލު އުއްފަދަމުންނެވެ. ކަމެއް ނެތްނަމަ އަދި އެހާ ޔަގީން ކަން އޮތިއްޔާ އަލުން ވޯޓެއް ނަގާފާނެތީ މިހާ ކަންބޮޑުވެ ހާސްވެގެން މިއުޅެނީ ކީއްވެތޯ މަންޒަރު ބަަލަން ތިބި ގިނަ ރައްޔިތުން ގެންދަނީ ސުވާލުކުރަމުންނެވެ.

އަދި ރައީސް ޔާމީނަށް ވެސް ވޯޓުދެއްވީ ދިވެހި ރައްޔިތުން ކަމަށާ ވޮޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް އެ ރައްޔިތުންނަށްވެސް ޤަބޫލުކުރެވޭއިރު، އެފަދަ ކަންކަން ހިނގާފައި ވުމުން ރައީސް ޔާމީންއަށް ވޯޓުލީ ދިވެހި ރައްޔިތުންގެ ހައްގު ނުގެއްލޭތޯވެސް މިއަދު އެތައް ރައްޔިތުނެއް ދަނީ ހަރުއަޑުން ބުނަމުންނެވެ. އެހެންކަމުން ރައްޔިތުން ބުނަމުންދަނި ވޯޓާމެދު އެހާ ޔަގީންކަން އޮތް ބޭފުޅުންތަކެއްނަމަ މަރަށް ތެޅޭ ކުކުޅެއް ހެން ތެޅިފޮޅި ނުގަނެ މަޑު މަޑުން ހިމޭނުން ތިއްބެވުމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...