ތާލިބާނުން އަފްގާނިސްތާނުގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ!

ތާލިބާން ހަނގުރާމަވެރިން އަފްގާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ އަފްގާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި ސިފައިންނާއިއެކީގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް އަމާޒުކޮށެވެ.

ހަށިގޮއްވާލައިގެން ދިން މި ބޮމުގެ ހަމަލާ ދީފައިވަނީ ހަމަލާ ދިން މީހާ ދަތުރު ކުރަމުން ދިޔަ ކާރާއި އަފްގާން ސިފައިން ތިބި ކާރާއި އަރާ ހަމަވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި އާއްމުންވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. 

އެހެންނަމަވެސް އާއްމުންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް އަފްގާނިސްތާނުގެ ސިފައިންނަަށް އަމާޒުކޮށް ތާލިބާނުން ދޭ މިފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އެގޮތުން، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ހެލްމަންދު ޕްރޮވިންސްއިން އާއްމުންގެ 5 މީހުން ވަނީ މަރުވެފައެވެ.

އަދި ގިނަ ބަޔަކު މިހަމަލާގައި ޒަހަމްވެފައިވާއިރު، ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ. 

ހެލްމަންދް ޕްރޮވިންސްގެ 80 އިންސައްތަ ކޮންޓްރޯލް ކުރަމުން އަންނަނީ އަފްގާނިސްތާނުގެ ސިފައިން ކަމަށް ރިޕޯޓްތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...