ރޯގާ ޖެހުމުގެ ކުރިން އެބަލިން ރައްކާތެރިވާނީ ކިހިނެއް؟

ރޯގާ ނުވަތަ ފްލޫ ޖެހޭނީ ކޮންއިރަކު ކަމެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެއެވެ. ރޯގާ ޖެހުމުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އަޅައިގެން ހުރުމެވެ. މި ލިޔުމުގައި މިހިމަނާލަނީ އެފަދަ ބައެއް ކަންކަމެވެ.

އެކަށީގެންވާވަރަށް ވިޓަމިން ޑީ ހޯދުން:

އާންމުގޮތެއްގައި އެންމެ ފަސޭހައިން ރޯގާއާއި ފްލޫ ޖެހެނީ ހަށިގަނޑުން ވިޓަމިން ޑީ މަދުވުމުންނެވެ. ވިޓަމިން އެކަށީގެންވާ ވަރަށް ހަށިގަނޑަށް ލިބޭނަމަ، ތަފާތު އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރާ ނިޒާމްގެ ވަރުގަދަ ކޮށްދެއެވެ. ބައެއް ފަހަރު ހަމައެކަނި ކާނާއިން ވިޓަމިން ޑީ ހޯދުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން ވިޓަމިން ޑީ ލިބޭ ބޭހެއްވެސް ޑޮކްޓަރުގެ ލަފަޔާއެކީގައި ކެވިދާނެއެވެ.

ގިނައިން މޫނާއި އަތްދޮވުން:

އަތުގައި ހުންނަ ޖަރާސީމާއެކު މޫނުގައި ވަރަށް ގިނައިން އަތްލެވެއެވެ. މިއީ ފާހަގަ ނުކުރެވުނު ނަމަވެސް ގިނަ މީހުންނަށް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. 2016 ވަނަ އަހަރުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުން އެވްރެޖްކޮށް ކޮންމެ މީހަކުވެސް އެއްގަޑިއިރުގެ ތެރޭގައި ދުވާލަކު 16 ފަހަރު މޫނުގައި އަތްލައެވެ. އަތަކީ ނުދޮވެ ގިނައިރު ވާނަމަ، ގިނަ ޖަރާސީމްތަކެއް އަށަގަންނާނެ ގުނަވަނެކެވެ. އެހެންކަމުން އަތްނުދޮވެ މޫނުގައި އަތްލެވުމުން، އަނގައިގެ ޒަރީއާއިން ޖަރާސީމްތައް ހަށިގަނޑަށް އެތެރެވެއެވެ. އެހެންކަމުން ގިނައިން އަތް ދޮންނަން އާދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފޯނު ސާފުކުރުން:

ގެންގުޅޭ ފޯނު ވަރަށް ގިނަ ތަންތާގައި ބޭއްވޭ ދޯއެވެ؟ ފާހާނާގައާއި، ބަދިގެއާއި، ވޯކް ޑެސްކް، އަދި އެކި ރެސްޓޯރެންޓްތަކުގެ މޭޒުތައް މަތީގައިވެސް ފޯނު ބޭއްވެއެވެ. އެހެންކަމުން ފޯނުގައި ޖަރާސީމު ހުންނާނެ ވަރު ވިސްނާލުމުންވެސް ވަޒަން ކޮށްލެވޭނެއެވެ. 2012 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތިބާ ގެންގުޅޭ ފޯނުގައި ޓޮއިލެޓް ސީޓަށްވުރެވެސް 10 ގުނަ އިތުރަށް ޖަރާސީމު ހުރެއެވެ. އެހެންކަމުން ފޯނު ސާފު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ޒިންކް:

ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ޒިންކު ލިބޭނަމަ، ވައިރަސްތައް ހަށިގަނޑުން މަދުކޮށްދެއެވެ. ރޯގާ ޖެހޭ ފަހުންވެސް ޒިންކް ލިބޭ ކާނާ ކާނަމަ، ބަލީގައި ބޮޑުވަރު ނުވެ، އަވަހަށް ޝިފާ ލިބޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...