ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމާއި އެއާ ގުޅޭ ކަންކަން ކުރާނީ އެޗްޑީސީން- މުއިއްޒު

ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު.

ހުޅުމާލެއިން ވިއްކާ 400 ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމާއި އަދި އެއާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އެޗްޑީސީން ކަމަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭކުން ބީލަމުގެ އުސޫލުން ވިއްކާ 100 ގޯއްޗާއި އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ 400 ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ ވެސް އެޗްޑީސީއަށް ކަމަށެވެ.

އަދި ގޯތި ލިބޭ 400 ފަރާތް ހޮވުމުގެ ކަންކަންވެސް ކުރިއަށް ގެންދާނީ އެޗްޑީސީން ކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އެފަދައިން ވިދާޅުވިއިރު، ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހައުސިން މިނިސްޓްރީން މިވަގުތަށް ވަނީ މެދުކަނޑާލައިފައެވެ.

ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓް.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ނިންމަވާފައިވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަން ފެށިކަން އިއުލާން ކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެންމެ އިސްކަން ދެއްވާ އެއްކަމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ކަމަށެވެ.

އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން އެއްހާސް އަކަފޫޓުގެ ގޯތި ދޫކުރަން ފެށުމުން މާލޭގައި ޖާގަ ދަތި ކުޑަ ތަން ތަން ބަހައިގެން، އެތައް ބިސީތަކެއް ދިރިއުޅެމުންދާ ގެތަކުގެ ރައްޔިތުންގެ އުއްމީދުތަކަށް ދިރުން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...