އޮޅުވާލުމުގެ މައްސަލައެއްގައި ބެލްޖިއަމްގެ ކްލަބުތަށް ރެއިޑް ކުރަނީ

ކުޅުންތެރިންގެ ޓްރާންސްފާތައް އޮޅުވާލުމުގެ ތުހުމަތުތަކެއް ކުރެވި ބެލްޖިއަމްެގެ އެންމެ ވަރުގަދަ ބައެއް ފުޓްބޯޅަ ކްލަބުތަކަށް އެ ގައުމުގެ ފުލުހުން އޮޕަރޭޝަނެއް ފަށައިފި އެވެ.

ބެލްޖިއަމް ގަދަބާރު އަންޑާރލެކްޓް، ކްލަބް ބްރޫޖް އަދި ސްޓެންޑާރޑް ލީޖްގެ އޮފިޝަލުންނާއި އޭޖެންޓުން އަދި ރެފްރީންގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވާއިރު، ކްލަބު ބްރޫޖްގެ ކޯޗު އައިވަން ލެކޯގެ މައްޗަށްވެސް ވަނީ ތަފާތު ތުހުމަތުތަކެއް ކުރެވިފަ އެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބެލްޖިއަމްގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި އެ ގައުމުގެ 200 އަށްވުރެ ގިނަ ފުލުހުން ވަނީ ބައިވެރިވެފަ އެވެ. 

ދައުލަތުގެ ފަރާތުން މައްސަލަ ހުށަހަޅާ ވަކީލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަރަންސޭސިވިލާތް، ސައިޕްރަސް، ސާބިއާ އަދި މެސިޑޯނިއާގެ ބައެއް ގެތަކަށްވެސް އެ އޮޕަރޭޝަންގެ ތެރެއިން ރެއިޑް ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނުގެ ތެރެއިން އަތުލައިގަނެވުނު ބައެއް ފަރާތްތައް މިހާރު މަޑުކުރަމުން ގެންދަނީ ތަހުގީގީ މަރުހަލާ އަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބެލްޖިއަމްގެ ނޫހެއްގައިވާ ގޮތުން، މިދިޔަ އަހަރު ފެށި އެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނިމިދިޔަ ފުޓްބޯޅަ ސީޒަނުގައި ދިމާވި އާދަޔާ ޚިލާފު މާލީ ބަދަލުވުންތައް ހާމަވެ އެކަންތައްތައް ދިރާސާކުރަން ފަށާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...