ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއި، އެކަމުގައި ދުނިޔޭގެ އެހެން ޤައުމުތަކުން ޢަމަލުކުރާ އުސޫލްތައް ދެނެގަނެވި ޓެކްނޮލޮޖީގެ އެހީގައި ގެއްލުން ކުޑަކުރާނެ ސަރަހައްދަކަށް އޭޝިއާ ހެދުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

ޤައުމުތަކަށް ކުރިމަތިވާ ޤުތުރަތީ ކާރިޘާތަކުން ސަލާމަތްވެވޭނެ ގޮތްތަށް ދެނެގަތުމާއި ބެހޭގޮތުން ތައިލެންޑުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޤުދުރަތީ ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ސަރަހައްދަކަށް އެޝިއާ ސަރަޙައްދު ހެދުމަށާއި، ރާއްޖެފަދަ ކުދި އަދި ތިމާވެށީގެ މައްސަލަތައް ގިނަ ޤައުމުތަކަށް ކުރިމަތިވާ ޤުދުރަތީ ކާރިޘާތައް ދެނެގަތުމުގައި ޓެކްނޮލިޖީގެ އެހީ ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
 
އަދި ސަރަހައްދީ ޤައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އެއަށް ޢަމަލުކުރާނެ މަގުޗާޓެއް އެކުލަވާލަންޖެހޭކަމަށާއި، އެ ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޤުދުރަތީ ކާރިޘާތައް ކުރިމަތިވާ ދަނޑިވަޅުގައި ކަންތައް ކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

ދުނިޔޭގެ 32 ޤައުމަކުން ބައިވެރިވެގެން ކުރިޔަށް ގެންދާ އެ މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކި ފަރާތްތަކާއި ގުޅިގެން ވޭތުވެދިޔަ ތަނުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. 

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...