ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން މަޝްވަރާކުރައްވައިފިއެވެ.


ރާއްޖެއާއި އެމެރިކާގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އެމިނިސްޓްރީގެ ސެކްރެޓަރީ އަޙްމަދު ސަރީރު ވަނީ އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިޔާއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެލިސް ޖީ ވެލްސްއާއި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މެދުތެރޭ އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެލިސް ޖީ ވެލްސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާ އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ކައުންޓަރ ޓެރަރިޒައިމާ، ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރުންވެސް ދެޤައުމުން އެއްބާރުލުން ދެވިދާނެ އެހެނިހެން ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...