އިންޑޮނޭޝިޔާއަށް އަނެއްކާވެސް އިތުރު ބިންހެލުމެއް

އިންޑޮނޭޝިޔާގެ ޖާވާ އަދި ބާލީއަށް 6.3 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު އައި އެ ބިންހެލުމާއި ގުޅިގެން 3 މީހުން މަރުވެފައިވާ ކަމަށް އިންޑޮނޭޝިޔާގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ބައެއް އިމާރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 10 ކިލޯމީޓަރު އަޑިން އައި އެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

ބާލީ އަދި ޖާވާއަށް ބިންހެލުން އައިތާ ދެގަޑިއިރު ފަހުން ޕަޕުއާ ނިއުގިނީއަށްވެސް ވަނީ ބިންހެލުން އައިސްފައެވެ. އެބިންހެލުން އައިސްފައިވަނީ 7.0 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. ޕަޕުއާ ނިއުގިނީއަށް އައި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދިން ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ކެންސަލް ކޮށްފައެވެ.

އިންޑޮނޭޝިޔާގެ ޖާވާ އަދި ބާލީއަށް ބިންހެލުން އައިސްފައި މިވަނީ އެޤައުމުގެ ސުލަވެސީގެ ޕާލޫ ސިޓީއަށް ބިންހެލުން އައިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ޕާލޫ ސިޓީއަށް އައި ބިންހެލުމާއި ގުޅިގެން ދެހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެބިންހެލުމާއި ގުޅިގެން ފަސްދޮޅަސްހަތްހާސް ގެ ވަނީ ހަލާކުވެފައެވެ. އަދި އަށްޑިހަދެހާސް މީހުން ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. ޕާލޫ ސިޓީއަށް އައި ބިންހެލުމަކީ 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...