މިދިޔަ މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފި

ސެޕްޓެންބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން އާންމު ކުރި ތަފާސް ހިސާބުތަކުގައިވާގޮތުން އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ފަންސަވީސް ޕޮއިންޓް ނުވައެއްއިންސައްތަ އިތުރު އަދަދެކެވެ. 

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީއާއި،ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުންކަމަށް މީރާއިން ބުނެފައިވެއެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ.

އެއީ ލިބުނު އާމްދަނީގެ ތިރީސް ނުވައެއް ޕޮއިންޓް ނުވައެއް އިންސައްތަ އިތުރު އަދަދެކެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ.

އެއީ އާމްދަނީގެ ފަންސަވީސް ޕޮއިންޓް ހަތެއް އިންސައްތައެވެ. މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި އަށްޑިހަދޭއް ޕޮއިންޓް ތިނެއް ހައެއް މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި ފަސްދޮޅަސް ތިނެއް ޕޮއިންޓް އެކެއް ދޭއް މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.  އަދި އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި ފަސްދޮޅަސް އެކެއް ޕޮއިންޓް އެކެއް ސުމެއް މިލިއަން ރުފިޔާ ލިބިފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...