ގާސިމް ޖަލަށް ގެންދިއުމަށް އެމްޑީޕީގެ މެންބަރަކު ގޮވާލައިފި

އިބްރާހީމް މުހައްމަދު ސޯލިހުއާއި، ގާސިމް އިބްރާހީމް

އިދިކޮޅު ކޯލިޝަންގެ މުހިންމު ލީޑަރެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރ ގާސިމް އިބްރާހީމް ޖަލަށް ގެންދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ގޮވާލައިފި.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރ އިބްރާހީމް ސަޢީދު ކުރި ޓްވީޓެއްގައި ގާސިމަށްވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައި. އަދި މީސް މީޑިއާގައި ވަރަށް ދަށު ދަރަޖައިގެ ބަހުރުވައިން ގާސިމަށް ނިސްބަތްކޮށް ވާހަކަދައްކާފައިވާކަން ފާހަގަކޮށްލެވޭ. އެގޮތުން އިބްރާހީމް ސައީދު ކުރި ޓުވީޓެއްގައި ގާސިމް އިބްރާހީމް އުޅެނީ ''ހޭކުޑަވެގެން'' ކަމަށް ބުނެ، ގާސިމް އަކީ ޖަލަށް ގެންދަންޖެހޭ މީހެއްކަމަށް ބުނެފައިވެއެވެ.

އަދި ގާސިމަކީ ސިދާ ގޮޅީގައި ހުންނަންޖެހޭ މީހެއްކަމަށްބުނެ، ގާސިމަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީ ބަހުން އިބްރާހީމް ސައީދު ވަނީ މީސް މިޑިއާގައި ވާހަކަ ދައްކާފައެވެ. އޭނާ ކުރި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީނަށް ވުރެ ގާސިމްގެ ވަބާ ގައުމަށް ކުޑަ ނޫން ކަމަށާއި، ގާސިމްގެ ''ވަބާއިން'' ސަލާމަތްވާން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ އިސް ފަރާތްތަކާއި އެކްޓިވިސްޓުންގެ ފަރާތުން ގާސިމަށް ފާޑުކިއުންތައް އަމާޒުވެފައި މިވަނީ އަލްހާން ފަހުމީ މިއަދު ކުރެއްވި ޓުވީޓަކަށް ގާސިމް ރީ-ޓުވީޓު ކުރެއްވުމާއި ގުޅީގެންނެވެ. އަލްހާން ފަހުމީ ކުރެއްވި ޓުވީޓުގައި ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ކަންކަން ނިންމެން ނޯންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ވެރިކަން ލިބުމުން ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އެ ޓްވީޓްގައި ވެއެވެ. ގާސިމަށް އެމްޑީޕީގެ ފާޑުކިއުންތައް އަމާޒުވީ އަލްހާންގެ މިޓުވީޓު ރީ-ޓުވީޓު ކުރެއްވުމުންނެވެ. ގައުމީ މަޖިލީހުގެ މެންބަރަކު ގާސިމަށް ފާޑުކީއިރު، އެމްޑީޕީގެ ޗެއާޕާސަންއާއި، އިންޓަރނޭޝަނަލް ތަރުޖަމާނު ހާމިދު އަބްދުލްޣަފޫރުވެސް ވަނީ ގާސިމް މައިތިރިވެގެން ހުރުމަށް އަންގާފައެވެ. 

އެމައްސަލައިގައި ގާސިމް ވިދާޅުވެފައިވަނީ އޭނާ އަލްހާން ފަހުމީ ރީ-ޓުވީޓު ކުރީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަ އަކަށް ވާތީ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަހްމަދު 11 އޮކްޓޯބަރ 2018 - 04:44

    ކޯލިޝަން ކޯޅޭޝަނައް ބަދަލުވަނީ ނެތް މާކަގިނަ ދުވަހެއް ތި ކޯޅޭޝަން ރޫޅޭކައް ހަހަހަ ހަމަ ހިނިއަންނަނީ

ގުޅުން ހުރި
Loading...