ކޯލިޝަން ރޫޅޭފަދަަ ވާހަކަތައް ނުދެއްކަމަށް ހަސަން ލަތީފް، ގާސިމަށް އިލްތިމާޒް ކުރައްވައިފި

އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް

ކޯލިޝަން ރޫޅޭފަދަަ ވާހަކަ ތައް ނުދެއްކަމަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް، ގާސިމް އިބްރާހިމަށް އިލްތިމާޒް ކުރައްވައިފިއެވެ

ގާސިމް އިބްރާހިމްގެ އަމަލުތަކާއި ގުޅިގެން ކޯލިޝަންގައި މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ވަނީ ގާސިމަށް ނަސޭހަތްތެރިވެފައެވެ. ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުން މިހާ ހިސާބަށް ގެނެސްދިން ގުޅިފައިވާ ޕާޓީ ތަކުގެ ބަދަހި ގުޅުމަށް ހީނަރުވާ ޒާތުގެ ކަންކަން ކުރެއްވުން ހުއްޓާ ލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިލްތިމާޒް ދަންނަވާކަމަށެވެ.

ހަސަން ލަތީފު މި މޭރުމުން ޓުވީޓު ކުރައްވާފައިވާއިރު، ގާސިމް އިބްރާހިމް ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ނިންމޭކަށް ނޯންނާނެ ކަމަށާއި ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއ ކަމަށާއި އަދި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން ފަހްމީ ކުރެއްވި ޓުވީޓް ރީޓުވީޓް ކުރައްވާފައެވެ.

އަދި އެކަމާއި ގުޅިގެން ގާސިމް އަށް ފާޑު ކިޔުން އަމާޒު ވުމުން އޭނާ ވަނީ ބަހެއް ބުނި މީހާ އަށް ނުބަލާ ބަހާ މެދު ވިސްނުމަށް ގޮވާލައްވާފައެވެ. ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު، ގާސިމް އިބްރާހިމަށް އެމްޑީޕީގެ ތެރެއިން އަންނަނީ އެކި ވަރުގެ އިންޒާރުތައް ލިބެމުންނެވެ. އޭގެ ތެރޭގައި ގާސިމް އިބްރާހީމް އަލުން ޖަލަށްލާން ޖެހޭ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، އިބްރާހީމް ސަޢީދުވެސް ވަނީ ގޮވާލައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަފްލާ 11 އޮކްޓޯބަރ 2018 - 10:25

    ޜޫޅިފަ އޮތް އެއްޗެއް ރޫޅާކަށް ތަނެއްނެތް ލިބުނީ ރިޝްވަތު ޖަހައިގެން ﷲ ގެ ވާގިފުޅާއެކު ވެއޓޭނީ އެހެންވީމަ ދެން ހުވާކުރުމުގެ ބޭނުމެއްނެތް

  2. އަހުމަދު 11 އޮކްޓޯބަރ 2018 - 04:51

    ހަހަހަ ހިންދީ ޑައިލޮގެއް ހަނދާންވަނީ ކޭލްތޯއަބީޝުރޫހޯނޭވާލާހޭ ގާސިމޫ އަވަހައް ކޮޅު ބަދަލު ކުރޭ އެހެންނޫނީ އަނެއްކާވެސް ޖަލައް ދާންޖެހިދާނެ

ގުޅުން ހުރި
Loading...