ރާއްޖޭގެ އެންމެ ޒުވާން ދެ މޮޑެލް "ހީލީމާ" ގެ ދެވަނަ ބައިން

2018 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ދިވެހި ވީޑިއޯލަވަ "ހީލީމާ" ގެ "ރިކްރިއޭޝަން" އެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ހީލީމާގެ ޑައިރެކްޓަރ އަޒްހާން އިބްރާހިމް މައުލޫމާތުދިން ގޮތުގައި އަލަށް ނެރުމަށް ތައްޔާރުވަމުންދާ މިލަވަވެސް ޑައިރެކްޓް ކުރާނީ އޭނާއެވެ.

އެގޮތުން މި ލަވައިން ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވި އިންޓަރނޭޝަނަލް ފެޝަން މުބާރާތް "ޓޮޕް މޮޑެލް މޯލްޑިވްސް 2018" ގައި އެއްވަނަ ލިބުނު ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގެ މިހާރު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހަންމަދު އިޟްފާން އެވެ.

އަޒްހާން ބުނީ މި ލަވަޔަކީވެސް ކުރީގެ ލަވައިގެ ރަހަތައް ހިމަނައިގެން ތައްޔާރުކުރާ ލަވައެއް ކަމަށެވެ. އަދި މި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތްކުރާނީ "އިމޭޖިނަރީ ރިއަލިޓީ" އިންކަމަށާއި މި ލަވައަކީ އަމިއްލަ ރާގުގެ ލަަވައެއްކަމަށްވެސް އަޒްހާން މައުލޫމާތުދެއެވެ.

އަޒްހާން ބުނީ ލަވަ ރިލީޒް ކުރާ ސީދާ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

2018 ވަނަ އަހަރު ރިލީޒް ވި "ހީލީމާ" އަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ލަވައެވެ. އެ ލަވައިގައި ފެނިގެންގޮސްފައި ވަނީ އައްޒަ އަދި ޖުމާ އެވެ. ލަވަ ކިޔައިދީފައިވަނީ އަޝްފާ އަދި ތޭރައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙިހީ 11 އޮކްޓޯބަރ 2018 - 00:24

    އަންހެން މަންޖެ އެ ހުރީ އޮރިޔާމުން.

  2. އިސްމާއިލް 10 އޮކްޓޯބަރ 2018 - 16:38

    މިނޫން ކަމެށް ދެން ނެތީބާ؟ ހުރިހިޔާމައެއްގެ ބޮޑުކަމާއޭ

ގުޅުން ހުރި
Loading...