ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވުމާ ބެހޭގޮތުން ހާއްސަ މަޝްވަރާތަކެއް ކޮށްފި

ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވުމާ ބެހޭ ގޮތުން ރާއްޖޭގެ ނަފްސާނީ ބައްޔާ ބެހޭ ޖަމިއްޔާއަކުން އިސްނަގައިގެން ހާއްސަ މަޝްވަރާތަކެއް ކޮށްފިއެވެ.

ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އިންސްޓިޓިއުޓް ފޮރ ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި މަޢުލޫމާތު ދީފައިވަނީ މިކަމާ ގުޅުންހުރި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އިތުރުން، ނަފްސާނީ ބަލިތަކުގެ މީހުންނަށް ފަރުވާދިނުމަށް ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނެވެ.

"ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުންނާ ނަފްސާނީ ބަލިތައް" މި ޝިޔާރުގެ ދަށުން ކުރިޔަށް ގެންދިޔަ މި މަޝްވަރާބައްދަލުވުމުގައި ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި އާންމުން ބައިވެރިވެފައި ވާއިރު، ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވުމަށް ދިމާވާ ސަބަބުތަކާއި މިފަދަ ކަންކަމަށް މުޖުތަމަޢުގެ ތެރެއިން ހައްލުހޯދޭނެ ގޮތްތަކާބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ވޯލްޑް މެންޓަލް ހެލްތް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރުގެ ވޯލްޑް މެންޓަލް ހެލްތް ޑޭގެ ޝިއާރަކީ "ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުންނާ ނަފްސާނީ ބަލިތައް" މިމައުޟޫއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...