އެޑާސަން އަށްވުރެ އެލިސަން މޮޅުކަމަށް އެޑާސަން އިއުތިރާފްވެއްޖެ

މެންޗެސްޓާރ ސިޓީގެ ގޯލްކީޕާރ އެޑާސަން އަށްވުރެ ލިވާރޕޫލްގެ ގޯލްކީޕާރ އެލިސަން މޮޅުކަމަށް އެޑާސަން އެއްބަސްވެއްޖެ އެވެ.

ބްރެޒިލް އަށް ނިސްބަތްވާ މި ދެ ކުޅުންތެރިންގެ ތެރެއިން އެލިސަން ވަނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި 67 މިލިއަން ޕައުންޑްގެ ބޮޑު އަގަކަށް ލިވާރޕޫލަށް ސޮއިކޮށްފަ އެވެ. އަދި އޭނާ އަކީ ބްރެޒިލް ކޯޗު ޓީޓޭގެ އެއްވަނަ ކީޕަރެވެ. ރޯމާ ދޫކޮށް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވެ، އެލިސަން މިހާރު އަންނަނީ އެޑާސަން އާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓަށް ވާދަކުރަމުންނެވެ.

"އަހަންނަށް ހީވަނީ އަހަރެމެން ދެ މީހުންގެ ދޭތެރޭ ވަރަށް ބައިވަރު އެއްކަހަލަ ކަންތައްތަކެއް އެބަހުރިހެން، އޭނާ ލިވާރޕޫލަށް ދައްކަމުން އަންނަނީ މޮޅު ކުޅުމެއް،" ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އެެޑާރސަން ބުނެފައިވެ އެވެ. "ގޯލްކީޕަރަކަށް ކުޅުމަކީ ބައެއް ފަހަރު ވަރަށް އަނިޔާ ލިބޭ ކަމެއް، އެއީ މެޗެއް ކުޅެވޭނީ އަހަރެމެންގެ ތެރެއިން ކޮންމެވެސް އެކަކަށް. އަދި އަހަރެމެން ދެމީހުންވެސް އިނގިރޭސިވިލާތުގައި މިއަންނަނީ ވަރަށް މޮޅަށް ކުޅެމުން. މިތާނގައި އޭނާ އަހަންނަށްވުރެ ފިޔަވަޅެއް ކުރީގައި އުޅުނަސް އެއީ އަހަރެންގެ މަސައްކަތް މަދުކުރަން ޖެހޭނެ ސަބަބެއްގެ ގޮތުގައި ނުދެކެން."

އެޑާރސަން ބުނީ ބްރެޒިލް އަކީ މޮޅު ގޯލްކީޕަރުން ތިބި ގައުމެއް ކަމަށާއި ވޯލްޑް ކަޕުގައި ނުކުޅޭ ކިތަންމެ މޮޅު ކީޕަރުންތަކެއް އެގައުމުގައި އެބަތިބި ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...