ބިގް ބޮސް 12: ހަފްތާގެ މެދެތެރެއިން ނެހާ ގެއިން ނެރެލަނީ؟

ނޭހާ ޕޭންޑްސޭ

 


އިންޑިއާގެ އެންމެ ކޮންޓްރަވާރޝިއަލް ޝޯކަމުގައިވާ ބިގްބޮސްގެ 12 ވަނަ ސީޒަން މިހާރު ކުރިއަށްދާއިރު މިދިޔަ ހަފްތާގައިވެސް އެއްވެސް މީހަކު ގެއިން ބޭރުކޮށް ނުލައެވެ. އޭގެ ބަދަލުގައި މިދިޔަ ހަފްތާގައި ޝޯއިން ވަކިވި އަނޫޕް ވަނީ ސީކްރެޓް ރޫމަށް ލާފައެވެ.

މިހަފްތާގައި ބިގްބޮސް ގެއިން ބޭރުކުރުމަށް ނޯމިނޭޓްވެފައިވަނީ ކަރަންވީރު ބޯރާ ޝްރީސާންތް އަދި ނޭހާ ޕެންޑްސޭއެވެ. މި މީހުން ނޯމިނޭޓް ކޮށްފައިވަނީ ޚުދު ބިގް ބޮސްއެވެ.
އާންމުގޮތެއްގައި ޝޯގެ ބައިވެރިން ނޯމިނޭޓް ކުރަނީ އެބައިވެރިންގެ މެދުގައެވެ. ނޮމިނޭޓްވެފައިވާ ތިން ބައިވެރިންނަކީވެސް ސިންގަލްސްގެ ގްރޫޕްގައި ހިމެނޭ ތިން ބައިވެރިންކަމަށްވާއިރު މިތިން މީހުންނަކީވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބް ލިބޭ ތިން ބައިވެރިންނެވެ.

ނޮމިނޭޓް ވެފައިވާ ބައިވެރިންނަށް ވޯޓްކުރުމުގެ ވަގުތު މިހާރު ހަމަވެފައިވާއިރު، ނޭހާ ޝޯއިން ނެރެލާނީ މާދަމާރޭކަމަށްވެސް ޚަބަރުތަކުުގައިވެއެވެ. އޭނާޔާއެކު ނޯމިނޭޓްވެފައިވާ އަނެއް ދެބައިވެރިންނާއި ޚިލާފަށް ނޭހާ ޝޯގައި އެހާ އެކްޓިވްއެއް ނޫނެވެ. އެއީ އޭނާގެ ވީކް ޕޮއިންޓެއްކަމަށް ޝޯގެ ހޯސްޓް ސަލްމާން ޚާންވެސް ބުނެފައިވެއެވެ.

ކަރަންވީރު ބޯރާ އަދި ޝްރީޝާންތުގެ ފޭނުން އެހެން ބައިވެރިންނާއި އަޅާބަލާއިރު ގިނަކަމަށް ރިޕޯޓްތައް ބުނެފައިވާއިރު މިދެތަރިންގެ ތެރެއިން ޝްރީއަކީ ކްރިކެޓްކުޅުންތެރިއަކަށްވުމުން އޭނާގެ ފޭނުން މާގިނަ ކަމަށްވެސް ރިޕޯޓްތަކުގައެވެ. އެއާއެކު މިޝޯގައި ދިގުމުއްދަތަކަށް އޭނާ އަށްހުރެވޭނެ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...