މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ފަތުރުވެރިންތަކެއް ރާއްޖޭގައި: ފޮޓޯ އޮންލައިން

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު، ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ހުރީ 63 އިންސައްތައިގައެވެ. އަދި އެ މަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ ނުވަލައްކަ ހަތްދިހަ ދެހާސް އަށްސަތޭކަ ތިރީސް ނުވަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 9.1 ޕަސަންޓްގެ ކުރިއެރުމެކެވެ.

އަހަރު ނިމުމަކަށް ދާ އިރު ރާއްޖެ އަށް މި އަހަރުގެ ތެރޭގައި މިހާތަނަށް ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް އެއްލައްކަ ނުވަދިހަ ހަތަރުހާސް އެއްސަތޭކަ އެގާރަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމުތަކަކީ އިނގިރޭސި ވިލާތް، ޖަރުމަން، އިޓަލީ، އިންޑިއާ، ރަޝިއާ، ފްރާންސް، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...