އަހަދު ތަމީމީގެ ނަމުގެ ޖަރޒީއެއް ރިއާލް މެޑްރިޑުން އޭނާއަށް އަރުވައިފި

ފަލަސްތީނުގެ އަހަދު ތަމީމީގެ ޝަރަފުގައި އޭނާއަށް ރިއާލް މެޑްރިޑުން އޭނާގެ ނަމުގެ ޖާރޒީއެއް އަރުވައިފިއެވެ.  

އެ ފުޓުބޯޅަ ކުލަބުން އަހަދު ތަމީމީގެ ނަމުގެ ޖަރޒީއެއް އަރުވާފައިވަނީ އޭނާ އިސްރާއީލުގެ ޖަލުން މިނިވަންވުމާއި ގުޅިގެންނެވެ. އަދި ޒުވާން އުމުރުގައިވެސް އޭނާ ދައްކުވައިދިން ރިވެތި ނަމޫނާގެ ސަބަބުންނެވެ. އެ ކްލަބުން ބުނާގޮތުގައި އަހަދަކީ ކެރޭ ކުޅަދާނަ ޒުވާނެކެވެ.

އޭނާއަށް ރިއާލް މެޑްރިޑުން ޖަރޒީ އަރުވާފައިވަނީ ސަންތިއާގޯ ބަރނަބޭއޫ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އޭނާގެ ބައްޕަ ބަސީމް ތަމީމީވެސް ވަނީ ބައިވެރިވެފައެވެ.

17 އަހަރުގެ އަހަދު ތަމީމީއަށް ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާއްމު ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެނިގެންދަނީ އަހަދު އޭނާގެ އަވަށުގައި ހަރަކާތްތެރިވި އިސްރާއީލުގެ ދެ ސިފައިންނާއި ކެރިގެން ކުރިމަތިލާ މަންޒަރެވެ.


އަހަދު ތަމީމީ ވަނީ އިސްރާއީލުގެ ޖަލުން ސަލާމަތްވުމަށްފަހު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފަށާފައެވެ. އޭނާ މިވަގުތުވެސް ހުންނެވީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް ޔޫރަޕުގައެވެ.

އަހަދު މިދިޔަ ޖުލައިމަހު އިސްރާއީލުގެ ޖލުން މިނިވަންވެފައިވާއިރު ދުނިޔޭގެ އެތައް ބަޔަކު ދަނީ އޭނާ އަކީ ޒުވާނުންގެ މެދުގައި ޙައްޤައް ނަސްރު ދިނުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެތައް ދުވަހެއް ވަންދެން އިސްރާއީލް ސިފައިންގެ އަނިޔާތަކާ ކުރިމަތިލުމަށްފަހު މިނިވަނަވުމުންވެސް އަހަދުގެ ކިބައިން ފެނިގެން ދިޔައީ ހިތްވަރާއި އަޒުމަކަން ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ރިއާލް މެޑްރިޑުން އަހަދުގެ ޝަރަފުގައި ޖަރޒީއެއް އެރުވުމުން އިސްރާޢީލުގެ ފާދު ކިޔުންތައް އެ ފުޓުބޯޅަ ކްލަބަށް ދަނީ އަމާޒުވަމުންނެވެ. އެ ޤައުމުން ދަނީ ރިއާލް އިން އަނިޔާވެރިކަމަށް އެއްބާރުލުން ދޭކަމަށް ތުހުމަތުކޮށްފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...