5 ދުވަހުން 7 ކިލޯ ލުއި ކޮށްލަން ބޭނުންތަ؟

ޑައިޓް ޕްލޭން ފޮޓޯ: ފޮޓޯ އޮންލައިން

މިފަހަރު ކިޔުންތެރިންނާ ހިއްސާ ކޮށްލަން މި އުޅެނި ވަރަށް ކާމިޔާބު ބުއިމެއްގެ ވާހަކައެވެ. މީ ބަނޑުގައި ހުންނަ ބޭކާރު ސަރުބީ ވިރުވާލާނެ ވަރުގަދަ ބުއިމެކެވެ. މި ބުއިމުގެ ސަބަބަން ހަށިގަނޑުގަ ނުވަތަ ބަނޑުގައި ހުންނަ ބޭކާރު މަސް ވިރުވާލާނީ ކިހާ ވަރަކަށް ކަން ބުނެދޭކަށް މާ ގިނަ ވަގުތެއް ނަގާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ މި ބުއިން ބޭނުން ކުރުމުން ނަތީޖާ ފެންނަށް ފަށާނެތީއެވެ.
ކަސްރަތު ކުރުމުން ބަރުދަން ލުއި ވާނެކަން އެންމެނަށް އިނގޭއިރުވެސް، ބައެއް މީހުން ބިޒީ ލައިފެއްގައި އުޅުމުގެ ސަބަބުން ކަސްރަތު ކުރުމަކަށް ވަގުތެއް ނުވެއެވެ. މިއަދު މި ހިއްސާ ކޮށްލާ ރެސިޕީ ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އަންނާނެކަން ކަށަވަރެވެ. ސަބަބަކީ ދުވާލަކު 2 ފަހަރު މި ބުއިން ބޭނުން ކުރުމުން 5 ދުވަހުގެ ތެރޭގައި ހަށިގަނޑުން 7 ކިލޯ ލުއި ކޮށްލުމަށް އެހީވާނެތީއެވެ. ނަމަވެސް ބައެއް މީހުންގެ ހޯމޯންސް ލެވެލް، އުމުރުގެ ގޮތުން ނުވަތަ ސްޓްރެސް ހުރުމުން މި ލަނޑުދަނޑި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ހާސިލް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބޭނުންވާނެ ބާވަތްތައް:
4 ފޮނި ތޮށިކޮޅު (ސްޓިކްސް)
2 ލުބޯ
4 ސަމްސާ އިނގުރު
މުށެއްހާ ޕާސްލޭ ފަތް
10 މިންޓް ފަތް
1 ލީޓަރު ފެން
1. މަތީގައި ހުރި ހުރިހާ ބާވަތްތަކެއް ރަނގަޅަށް ދޮންނާށެވެ.
2. ތެއްޔަކަށް ފެން އެޅުމަށްފަހު ފޮނިތޮށިތައް އަޅާލާށެވެ. އެއަށްފަހު މަޑު ރަތް ކުލައެއް އަރާދެން
15 ނުވަތަ 20 މިނެޓް ވަންދެން އުނދުން މަތީގައި ރަނގަޅަށް ކައްކާށެވެ.
3. އިނގުރުގެ ތޮށްޓާ، ލުބޯގެ ތޮށި ރަނގަޅަށް ދެލުވުމަށްފަހު ކުދިކޮށް ކޮށާލާށެވެ.
4. އެއަށްފަހު ކޮށާފައި ހުރި އިނގުރު، ލުބޯ، ޕާސްލޭ ފަތް އަދި މިންޓް ފަތް މިކްސްޗަރ އަކަށް އަޅާލުމަށްފަހު ރަނގަޅަށް ދިޔާ ވަންދެން މުގުރާލާށެވެ.
5. މިކްސްޗަރަށް އެޅި ބާވަތްތައް މުގުރާ ނިމޭއިރު ހުންނާނީ އުދުން މަތީގައި ހޫނު ކުރި ފެން ކުޑަކޮށް ފިނިވެފައެވެ. އެހެންކަމުން އެ ފެންފޮދު މިކްސްޗަރގައި ހުރި ބަޔާ އެއްކޮށްލުމަށްފަހު 5 މިނެޓް ވަންދެން ރަނގަޅަށް ގިރާލާށެވެ.
6. މިހާރު ހުންނާނީ ބޯން ބޭނުންވާ ގޮތަށް ތައްޔާރު ކުރެވިފައެވެ.

ބޭނުން ކުރާނެ ގޮތް:
ބޯން ބޭނުންވާ ވަރަށް ޖޯޑަކަށް އެޅުމަށްފަހު 1 ސަމްސާ މާމުއި އެއްކޮށްލުމަށްފަހު ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު ނިދުމުގެ ކުރިން ބޯށެވެ. މި ބުއިން 2 ދުވަސް ތެރޭގައި ހުސްކުރަން ވާނެއެވެ. އޭރުން ބުއިމުގެ އަސަރު އަވަހަށް ކުރާނެއެވެ. ހުސްވުމުން އަނެއްކާވެސް ކުރިން ތައްޔާރު ކުރަން ބުނި ގޮތަށް ބުއިން ތައްޔާރު ކުރާށެވެ.

ނަތީޖާ:
މަތީގައި ބުނެފައިވާ ގޮތަށް ބުއިން ބޭނުން ކުރާނަމަ، އޭގެ އަސަރު ބަނޑުގައި ޖަހާފައިވާ ސަރުބީތަކަށް ކުރާނެއެވެ. މި ބުއިން ބޭނުން ކުރާއިރު ރަނގަޅު ޑައިޓް ޕްލޭން އަކާއިއެކު ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ފޮނި ކާތަކެއްޗާ، ޖަންކް ފުޑްސް ބޭނުންކޮށްގެން ނުވާނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...