ހަޒާޑަށް ދުނިޔޭގެ އެއްވަނައަށް އެރޭނެ: ކޯޗު

ޗެލްސީގެ ބެލްޖިއަމް ފޮވާޑް އީޑަން ހަޒާޑަށް ދުނިޔޭގެ އެއްވަނަ މަގާމަށް އެރޭނެ ކަމަށާއި އޭނާގެ އެ ގާބިލިއްޔަތު އެބަހުރި ކަމަށް ޗެލްސީގެ ކޯޗު މޯރީޒިއޯ ސާއްރީ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ހަޒާޑް ވަނީ މި ސީޒަނުގައި ޗެލްސީ އަށް ކުޅެދިން ހަތް މެޗުގައި ހަ ގޯލު ޖަހާފަ އެވެ. އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާ ގުޅޭ ގޮތުން ސާއްރީ ބުނީ ހަޒާޑްގެ ކިބައިން މިހާތަނަށް ފެނިފައިވަނީ އޭނާގެ ގާބިލިއްޔަތު 75 އިންސައްތަ ނުވަތަ 80 އިންސައްތަ ކަމަށާއި، ހަޒާޑްގެ ކުޅުން ރަނގަޅުކޮށްފި ނަމަ، އޭނާ އަށް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާގެ މަގާމު ލިބޭނެ ކަމަށެވެ.

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވި ސާއްރީ ބުނީ އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީ ރަނގަޅުކުރާނެ ކަމަށާއި މި ސީޒަނުގައި އެކަން ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ޗެލްސީ އޮތީ އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ނަތީޖާ އާއެކު ލީގު ތާވަލުގެ ތިންވަނައިގަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...