ތޫފާން ހާވީ އެމެރިކާއަށް އަރައިފި!

ޓެކްސަސް ސްޓޭޓް: ތޫފާން ހާވީ އެސްޓޭޓަށް އަރާފައިވަނީ ހުކުރު ދުވަހު

ތޫފާން ހާވީ އެމެރިކާގެ ޓެކްސަސްއަށް ހުކުރު ދުވަހު އަރާފައިވާއިރު، މިތޫފާނުގެ ސަބަބުން ޓެކްސަސްއަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

ކެޓަގަރީ 4ގެ މި ތޫފާން މިހާރު ކެޓަގަރީ އެކަކަށް ތިރިވެފައިވީނަމަވެސް، ކުރިއަށް އިތް ދުވަސްތަކުގައިވެސް ޓެކްސަސްއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ކެޓަގަރީ 4 ގެ ތޫފާނެއް އެމެރިކާއަށް އެރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.


އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އަރާފައި: ތޫފާން ހާވީ އަކީ ކެޓަގަރީ 4 ގެ ތޫފާނެއް

ސީއެންއެންއިން ރިޕޯޓް ކުރާގޮތުގައި ތޫފާން ހާވީގެ ސަބަބުން ޓެކްސަސްގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ބައެއް ގަސްތަކާއި، ހޮޅިދަނޑިތައް ވެއްޓުނު މަންޒަރު މީހުންނަށް ފެނިފައިވާ ކަމަށެވެ. އަދި ދެލައްކައަށްވުރެ ގިނަ ގެތަކުން ކަރަންޓްގެ ޙިދުމަތް ކެނޑިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޓެކްސަސްއަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ހިސާބުތަކުގައި ވަނީ 10 އިންޗިއަށް ވާރޭ ވެހިފައެވެ. މިވިއްސާރައިގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ތޫފާން ހާވީ އެރުމުން ޓެކްސަސްއަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެސްޓޭޓަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...