ލަންކާގެ ބޮޑުވަޒީރު ރާއްޖޭގެ އިންތިޚާބީ ރައީސަށް މަރުހަބާ ދަންނަވައިފި

އިބްރާހިމް މުހައްމަދު ސާލިހު - ފޮޓޯ - ވަގުތު

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ސްރީލަންކާގެ ބޮޑުވަޒީރު ވިކްރަމްސިންހަ ފޯނުން ގުޅުވައި މަރުހަބާ ދަންނަވައިފިއެވެ.

ލަންކާގެ ބޮޑުވަޒީރު ވިކްރަމް އިބޫ އަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނާއި ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުވުމާއެކު ވިކްރަމް ގުޅުއްވާ އިބްރާހިމްއަށް މަރުހަބާ ދަންނަވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއިން ސްރީލަކާގައި އެދޭ ކޮންމެ ކަމެއްވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށްވެސް އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާން ވިދާޅުވެފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ވިދާޅުވެފައިވާއިރު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އެބޭފުޅާއަށް ގުޅުއްވާ މަރުހަބާ ވިދާޅުވެ، އެގައުމަށް ވަޑައިގަތުމަށް ދައުވަތުއަރުވާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބް ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ މަދުގައުމުތަކަކުން ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...