އެމްޑީޕީގެ ސަރުކާރުން ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްގެން ނުވާނެ– އެމްނެސްޓީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް: ފޮޓޯ ޗެނަލް13

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ގޮތަށް ހުރި ޤާނޫނުތައް ބަދަލު ކުރަން ޖެހޭނެ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްޑީޕީ އިން މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމްނެސްޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްގެން ނުވާނެ ކަމަށެވެ. އަދި މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ގޮތަށް ހުރި ޤާނޫނުތައް ބަދަލު ކުރަން ޖެހޭނެ ކަމަށްވެސް އެޖަމުއިއްޔާއިން ބުނެފައިވެއެވެ. އަދި އެމްނެސްޓީ އިން ވަނީ އެމްޑީޕީއަށް ވެރިކަން ލިބުމަކީ، ރާއްޖޭގައި ހިންގަމުން އައި އިންސާނީ ޙައްޤުތަކަށް އަރައި ގަތުމުގެ އަމަލުތައް ހުއްޓާލާ، ގޯސްކޮށް ކޮށްފައިވާ ކަންތައްތައް އަލުން ރަނގަޅު ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެ ޖަމްޢިއްޔާއިން ވަނީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމަށްވެސް ގޮވާލާފައެވެ. އެމްނެސްޓީ އިން މިފަދައިން ގޮވާލާފައިވާއިރު، ރާއްޖޭގައި ކުށް ކުރުން މަދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ މަރުގެ މައްސަލަތައް މަދު ކުރުމަށްޓަކައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒް ކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...