އިންޑިޔާގައި ސްވައިން ފްލޫ ޖެހިގެން މިއަހަރު 1000 މަރު!

ސްވައިން ފްލޫ ޖެހިގެން މިއަހަރުގެ މިހާތަނަށް އިންޑިޔާއިން 1،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

އޮފިޝަލުން ހާމަކުރާ ގޮތުގައި ފާއިތުވި އަށްމަސްދުވަހުގެ ތެރޭގައި އިންޑިޔާގެ އެކި ހިސާބުތަކުން ސްވައިން ފްލޫ ޖެހިގެން އެއްހާސް ނުވަދިހަ ހަތަރު މީހުން މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށެވެ.

އަދި އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެފައިވަނީ ފާއިތުވި ހަފްތާގައިކަންވެސް ވަނީ ފާހަގަކުރެވިފައި. އެގޮތުން ފާއިތުވި ހަފްތާގައި ތިންސަތޭކަ ސާޅީސް ދެމީހުން ވަނީ ސްވައިން ފްލޫ ޖެހިގެން މަރުވެފައެވެ. 

މިއަހަރުގެ އަށްމަސް ދުވަހުގެ ތެރޭގައި އިންޑިޔާއިން ސްވައިން ފްލޫ ޖެހިގެން ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ 2016 ވަނަ އަހަރުގެ މިމުއްދަތާ ހަމައަށް މިބަލީގައި މަރުވި މީހުންގެ އަދަދަށް ވުރެ 4 ގުނަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ސްވައިން ފްލޫ ޖެހިގެން އިންޑިޔާއިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގައެވެ.

އެދެއަހަރުގެ ތެރޭގައި ސްވައިން ފްލޫ ޖެހިގެން އިންޑިޔާއިން ދެހާސް ހަތްސަތޭކަ މީހުން ވަނީ މަރުވެފައެވެ.

ސްވައިން ފްލޫ އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް. މިބަލީގެ އަލާމަތްތަކާއި އިންފްލުއެންޒާ އިންފެކްޝަންތަކުގެ އަލާމާތްތަކާއި އެއްގޮތްކަން ހުރެއެވެ.

ސްވައިން ފްލޫގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ހުން އައުމާއި، ވަރުބަލިވުން އަދި ބޮލުގަިއ ރިއްސުން ހިމެނެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...