ވީއައިއޭގައި ވޯޓަރ ޝޮޕިންގ ސެންޓަރެއް ގާއިމް ކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މޫދުގައި ޝޮޕިންގް ސެންޓަރއެއް ތަރައްގީކުރުމުގެ ވިސްނުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ގެންގުޅުއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރި ވޯޓަރ ފްރަންޓް ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް ތަރައްގީކުރުމަށް ކުރިއަށްގެންދާ  ޑޮލަރުގެ މަޝްރޫއު ނިމޭއިރު ވީއައިއޭއަށް ވުރެ ރީތި، ހިތްގައިމު އެއާޕޯޓެއް މި ސަރަހައްދުގައި ވެސް ނޯންނާނެކަމަށެވެ.


އަދި ރައީސް އަބްދުﷲ ޔާމީން، އެއާޕޯޓު ތަރައްގީ ކުރުމަށް ގެންގުޅުއްވާ ތަސައްވުރުގައި އޯވަ ވޯޓަ ޝޮޕިން ސެންޓަރެއްހެދުމުގެ ކޮންސެޕްޓެއް ތައްޔާރުކުރަމުން އަންނަކަމަށެވެ. ނަމަަވެސް މި މަޝްރޫއާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވާފައެއްނުވެއެވެ.


"މިހާރު އަޅުގަނޑުމެން އަތުގައި މި ސަރަހައްދުގެ ތަސައްވަރު ރައީސް ޔާމީންގެ ވިސްނުންފުޅުގައި، ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ތަސައްވަރުގައި އޯވާ ވޯޓާ ޝޮޕިންގ ސެންޓަރއެއް އަޅުގަނޑުމެންނަށް ގާއިމް ކުރުމުގެ ކޮންސެޕްޓް މި ދަނީ ޑެވެލޮޕް ކުރަމުން". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.


ވީއައިއޭގަިއ ކުރިއަށްދާ ބައެއް ބޯޑެތި މަޝްރޫތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ އައު ޓާމިނަލްގެ މަސައްކަތް އެއްކޮށްނިމޭއިރު މިހާރު ހުރި ޑިއުޓީ ފްރީގެ ކޮމާޝަލް ފްލޯ ސަރަހައްދަށްވުރެ ހަތަރު ގުނަ ބޮޑުވާނެ ކަމަށާއި މިހާރު ލިބޭ އާމްދަނީ ހަތަރު ގުނައަށް އިތުރުވެގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.


އަދި ވީއައިޕީ ޓާރމިނަލް ނިމޭއިރު މިހާރު ވީއައިޕީ ޓާމިނަލްގެ ކޮމާޝަލް ސްޕޭސް އިތުރުކޮށް މިޙާރު ދިމާވާ މައްސަލަތަށް ހައްލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. "އެތަނަށް އަންނަ ބައެއް ހައިނެޓްވޯކް އިންޑިވިޖުއަލް ކަސްޓަމަރުންނަށް މަގު ހުރަސްނުކޮށް ފްލައި އޯވަރއަކުން ސީދާ ޖެޓީއަށް ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ. 


މިނިސްޓަރ ވިދާޅުވީ ވޯޓަރ ފްރަންޓްރެސްޓީރަން ތިރީގައިވާ ޖެޓީތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ވަރަށް އަވަހަށް ފެރީތަށް ކައިރިކުރެވޭނެ ކަމަށެވެ.


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްދާ ބޯޑެތި މަޝްރޫތަށް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން އެއަރޕޯޓުގައި މިހާތަނަށް ކުރިއަށްދިޔަ އެންމެ ބޮޔަ މަޝްރޫއު ކަމަށްވާ ކޯޑްއެފް ލެވެލްގެ އައުރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ އޭ380 މަރުކާގެ ބޯޓެއް ތިރިކޮށްފައެވެ.


 


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...