ސާޓާއިން ރާއްޖެއަށް 3 އެވޯޑް ލިބިއްޖެ

ފޮޓޯ: އެމްއެމްޕީއާެރުސީ

އިންޑިއާގެ މުމްބާއީގައި ބޭއްވި ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްއިން ރާއްޖެއަށް ތިން އެވޯޑެއް ލިބިއްޖެއެވެ. 

ސާޓާއިން ރާއްޖެއަށް ލިބިފައިވަނީ އެންމެ ރީތި ހަނީމޫން ޑެސްޓިނޭޝަން އާއި ލީޑިން ބީޗް ޑެސްޓިނޭޝަންގެ އިތުރުން ލީޑިން ޑައިވިން ޑެސްޓިނޭޝަންގެ އެވޯޑު އެވެ.


އެ އެވޯޑުތަކާއި ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންފައިވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުޙައްމަދު އެވެ. މި ދާއިރާތަކުން ރާއްޖެއާ ވާދަކުރި ޤައުމުތަކުގައި އޭޝިއާ ބައްރުގެ ގިނަ ޤައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެއެވެ. 

ސާޓާ އެވޯޑަކީ އޭޝިއާ ބައްރުގެ ޤައުމުތަކުގެ މެދުގައި ފަތުރުވެރިކަމުގެ ރޮނގުން އެކި ދާއިރާތަކުން އެވޯޑް ދިނުމުގެ ގޮތުން ބައިނަލަޤްވާމީ އެސޯސިއޭޝަންތަކުން ގުޅިިގެން ކުރިއަށްގެންދާ އެވޯޑެެކެވެ. އެ އެވޯޑަކީ އޭޝިއާ ބައްރުގެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ވާދަވެރިކަމެއް ބޭއްވުމަށް ދޭ އެވޯޑެއް ކަމަށްވެސް ސާޓާއިން ހާމަކުރެއެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއަކީ އެހެން ޤައުމުތަކުގެ މެދުގައި ރާއްޖެއަށް އޮތް ޤާބިލުކަން އިތުރުކޮށްދޭނެ އެވޯޑްތަކެއް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...