މޫނު ރީތި ކުރުމަށް އަނބު ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ފޭސް މާސްކެއް

އަނބަކީ މޭވާތަކުގެ ރަސްގެފާނޭ ބުނާ އަޑު އަހަން ނޫންހެއްޔެވެ؟ އެއީ ހަމައެކަނި މީރު މޭވާއެއް ނޫނެވެ. ގިނަ ފައިދާތަކެއް އަނބުން ލިބެއެވެ. ޚާއްސަކޮށް، ގައިގެ ހަން ތާޒާކޮށްދީ، ރީތިކޮށްދިނުމަށްވެސް އަނބަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މޭވާއެކެވެ.

އަނބުން ހަމަށް ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ މޫނު ޒުވާންކޮށްދިނުމެވެ. މޫނުގެ ޒުވާންކަން ގުޅިފައިވަނީ ހަމާއެވެ. އަނބު މާސްކް އާދަކޮށް ބޭނުންކުރާނަމަ، މޫނުގައި ރޫޖެހުން ލަސްކޮށްދީ، މޫނުގެ ހަން ތާޒާކޮށްދެއެވެ.

މިދެންނެވި ފައިދާތައް ހާސިލް ކުރުމަށްޓަކައި، އަނބު ކެއުމުގެ އިތުރުން، އެމޭވާ ބޭނުންކޮށްގެން މޫނުގައި ހާކާނެ ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އެންމެ ރަނގަޅީ އެވޮކާޑޯ، ރޯސްވޯޓަރ ނުވަތަ ބިސް ފަދަ ހަމަށް ފައިދާ ހުރި އެހެން އިންގްރެޑިއެންޓެއްވެސް އަނބާއެކީގައި އެޕޭސްޓުގައި ބޭނުންކުރުމެވެ. މިލިޔުމުގައި މިހިމަނާލަނީ ކުކުޅުބިހާއި އެކުގައި އަނބު ބޭނުންކޮށްގެން ފޭސް މާސްކް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
* ދެ ސަމުސާ އަނބު( ގާނާފައި)
* 1 ކުކުޅުބިސް

ތައްޔާރު ކުރާނެ ގޮތް:
ބިހުގެ ހުދުބަޔާއި، ގާނާފައި ހުރި އަނބުގެ ދެސަމުސާ އެއްކޮށްލާށެވެ. ވަރަށް ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި ހާކާށެވެ. އަދި މާސްކް ހިކެންދެން ނުދޮވެ ބަހައްޓާށެވެ. އެއަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...