މާބަނޑު ދުވަސްވަރު ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެއްކަން އެނގޭތަ؟

މާބަނޑު ވިޔަސް ނުވަތަ ނޫނަސް، އެކަށީގެންވާ މިންވަރަށް ފެންބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަށިގަނޑުގެ ގުނަވަންތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބިގެންނެވެ. މާބަނޑު މީހުންނަކީ ޑީހައިޑްރޭޓް ވުމުގެ މައްސަލަ އާންމުކޮށް ދިމާވާ ބަޔަކަށްވުމާއެކު މާބަނޑު ދުވަސްވަރު ގިނައިން ފެން ބޯން ޖެހެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 3 ލީޓަރު( 10-12 ތަށީގެ) ދިޔާ އެއްޗެހި މާބަނޑު ދުވަސްވަރު ބޯންޖެހެއެވެ. އެއީ ޖޫސް، ކިރު، ފެން ފަދަ ތަކެތި ހިމަނައިގެންނެވެ.

* ޑީހައިޑްރޭޓްވުން:
މާބަނޑު ދުވަސްވަރު ޑީހައިޑްރޭޓްވާނަމަ، ހޮޑުލެވުމާއި ބޯ އެނބުރުމުގެ މައްސަލަތައް ދިމާވެއެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީ އެފަދަ މައްސަލަތަކަށް ހޯދިދާނެ ހައްލެކެވެ.

*ބަނޑުހިކުން:
ހަށިގަނޑުން ފެން މަދުވާނަމަ، ބޮޑުކަމު ދިޔުމުގައި ދަތިތަކާއި ދިމާވާ ގޮތްވެއެވެ. ބަނޑުހިކުމުގެ މައްސަލައަކީ މާބަނޑު އަންހެނުންނަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. އެހެންކަމުން ގިނައިން ފެންބުއިމަކީ އެމައްސަލައަށް ހައްލު ހޯދައިދޭނެ ކަމެކެވެ.

ބަރުދަން ލުއިކުރުން:
މާބަނޑު ދުވަސްވަރު ބަރުދަން އިތުރުވުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. ސިއްހީ މާހިރުން ބުނާގޮތުން، ގިނައިން ފެންބުއިމަކީ ބަރުދަން ލުއިކުރަން ނުވަތަ އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދޭ ކަމެކެވެ.

އެމްނިއޯޓިކް ފްލޫޑް ބޭނުންވާ މިންވަރަށް ހިފަހައްޓައިދިނުން: ރަހިމުގައި ދަރިފުޅު ހެދިބޮޑުވަމުން އަންނައިރު، އެކަށީގެންވާ މިންވަރަށް އެމްނިއޯޓިކް ފްލޫޑް ބޭނުންވާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުން ދަރިފުޅަށް އެންމެ ބޭނުންވާ މިންވަރަށް އެމްނިއޯޓިކް ފްލޫޑް ލިއްބައިދޭނީ މައިމީހާ ރަނގަޅަށް ދިޔާތަކެތި ބޭނުންކުރާ ނަމައެވެ.

އެކި ގުނަވަންތައް ދުޅަވުން:
މާބަނޑުދުވަސްވަރު ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވުމަކީ ގިނަ އަންހެނުންގެ ޝަކުވާއެކެވެ. ގިނައިން ފެން ބޯނަމަ، ކުޑަކަމުދާއިރު ހަށިގަނޑުން ގިނައިން ސޯޑިއަމް ބޭރުވެ، ދުޅަވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...