ދިރާގުގެ ފެމިލީ ޑޭ މިފަހަރު ބޭއްވީ ވިންޓަރ ޕާކުގައި
ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވަޒަފުންގެ "ފެމިލީ ޑޭ" މިއަހަރު ރަސްރަނި ބަގީޗާގެ ވިންޓަރ ޕާރކުގައި ބާއްވައިފިއެވެ.
ދިރާގު ފެމިލީ ޑޭ އަކީ ކޮންމެ އަހަރަކު މުވަޒަފުންގެ އާއިލާތަކާއި އެއްކޮށް ވަގުތު ހޭދަކޮށްލަން ބާއްވާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ދިރާގު ފެމިލީ ޑޭ އޮންނަނީ ތަފާތު ތަނެއްގައެވެ. ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ އެ ކުންފުނީގެ މުމުވައްޒަފުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އަދި މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށްވެސް ދިރާގުން ހާމަކުރެއެވެ. މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ދިރާގު ފެމިލީ ޑޭ އަކީ އެކުންފުނިން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. އެކުންފުނީގެ 600އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދިރާގު މުވައްޒަފުންގެ ޖަމިއްޔާ އީ ކްލަބުން ބުނީ ދިރާގު ފެމިލީ ޑޭ ފަދަ ހަރަކާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާއި ދުރުގައި މަޖާކޮށް އުފާ ކޮށްލުމުގެ ފުރުސަތު ދީ މުވައްޒަފުންގެ ހިންހަމަޖެހުން އިތުރު ކުރުވުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަނަލް ސެންޓަރުތަކުގައިވެސް އެފަދަ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށް ދިރާގުން ހާމަކުރެއެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.