ދިވެހީންގެ ނަސީބު ގަދަކަން ހާމަވެއްޖެ

ރާއްޖޭގެ ކޯޗު ޕީޓާރ ސެގާޓް --

ބަންގްލަދޭޝްގައި ކުރިއަށް ދާ ސާފް ސުޒުކީ ކަޕްގައި އާދީއްތަ ދުވަހުގެ ރޭ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ސްރީ ލަންކާ އާ ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ތަފާތުން އެއްވަރުވުމުން ސެމީ ފައިނަލަށް ދަތުރުކުރާ ޓީމް ކަނޑައެޅުމަށް ނެގި ގުރުއަތުލުން ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވުމަކީ ދިވެހީންގެ ނަސީބު ގަދަކަމުގެ ހެއްކެއް ކަމަށް ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

ގްރޫޕް ބީގައި ރާއްޖެއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެ މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ސެގާޓް ބުނީ ރާއްޖެއަށް މިހާ ނަސީބު ގަދަކޮށް ކަންތައް ދިމާވީ ހިތްވަރުކޮށްގެން ތިބުމުން ކަމަށެވެ.

"ފާއިތުވި ހަ ހަފްތާއެއްހާ ދުވަސް ތެރޭ އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފިން. އަހަރެން މަރުހަބާ ކިޔަން ހުރިހާ ކުޅުންތެރިންނާއި ދިވެހީންނަށް،" ސެގާޓް ބުންޏެވެ. "ސެމީ ފައިނަލުގައި އޮންނަން ނަސީބު ވެސް ބޭނުންވާނެ، އެކަން މިއަދު އަހަރެމެންނަށް ވެއްޖެ. ލަންކާއަށް އެކަހަލަ ގޮތެއް މެދުވެރިވީމާ ދެރަވޭ ނަމަވެސް އަހަންނަށް ބުނެވޭނީ ރާއްޖެ އަށް ލިބުނު މަގާމު ރާއްޖެއަށް ހައްގު ކަމަށް."

"ދިވެހީންނަކީ އަބަދުވެސް ނަސީބު ގަދަ ބަޔެއް. އެހާ ވަރަށް ކަންތައްތަކާ ފިކުރުކޮށް ހަދާ ބައެއް ނޫން، އެހެންވެ ނަސީބުވެސް އެހީވަނީ. އުނދަގޫ ހާލަތްތަކުގައި އަހަރެމެން އެންމެ ވަރުގަދަ ނުވެދާނެ އެކަމަކު ދިވެހީން އެކުވެރިވުމުން ނަސީބުވެސް ލައްވާލަނީ،" ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ އިންޑިއާ އަތުން 3-0 އަށްވުރެ ބޮޑު ނަތީޖާއަކުން ބަލި ނުވުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށާއި މެޗުގައި ރާއްޖެއަށް ނުވެ އޮތް ކަމަކީ ދެވަނަ ހާފުގައި ބޭނުންވި ގޯލުތައް ކާމިޔާބު ނުކުރެވުން ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ޓީމް ނޭޕާލާ ދެކޮޅަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...