އެންމެ ބޮޑު މަތިންދާބޯޓު ރާއްޖެއަށް ޖައްސާނީ ދިވެއްސެއް

އެތިހާދުގެ އޭ-380 މަރުކާރުގެ މަތިންދާބޯޓެއް --

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިނާކޮށްދެއްވި ބޮޑު އާ ރަންވޭގައި ދުނިޔޭގެ އެންމެ ބޮޑު ފްލައިޓް ޖައްސަން ތައްޔާރީތައް ފަށައިފި އެވެ.

އިތިހާދު އެއާވޭސްގެ އޭ-380-800 މަރުކާގެ މަތިންދާބޯޓު މި މަސް ތެރޭ ރާއްޖޭގެ އާ ރަންވޭގައި ޖައްސަން ތައްޔާރުވަމުން ދާއިރު، އެ މަތިން ދާ ބޯޓު ރާއްޖޭގައި ޖެއްސުމާ އެކު ވެގެން ދާނީ މިކުޑަކުޑަ ގައުމުގެ ތާރީހުގައި ރާއްޖެ އަށް ޖައްސާ އެންމެ ބޮޑު މަތިންދާ ބޯޓަށެވެ. 18 ސެޕްޓެމްބަރުގައި ބާއްވާ ހަފްލާއެއްގެ ތެރެއިން އެ މަތިންދާބޯޓު ރާއްޖޭގައި ޖެއްސުމަށް ތާވަލުކުރެވިފައިވާ އިރު، އެ މަތިންދާބޯޓު ދުއްވާނީ "ޝޭޑީ ކެބިން ފެމިލީ" ގެ މެންބަރެއް ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ކޯޕަރޭޓް މޯލްޑިވްސްގައި ބުނާ ގޮތުން ނަމަ، އެ ފަރާތަކީ، އެއާބަސް އޭ-380 މަރުކާގެ ފްލައިޓު ދުއްވުމުގެ ހުއްދަ އޮންނަ ހަމައެކަނި ދިވެހި މީހާ އެވެ.

އެއާބަސް އޭ-380 އަކީ ދެ ބުރިއަށް ފަރުމާކޮށްފައިވާ މަތިންދާބޯޓެއް ކަމަށްވާ އިރު، އެ މަތިންދާ ބޯޓަށް އެއް ފަހަރާ 868 ފަސަންޖަރުންނަށް ދަތުރުކުރެވޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ތަރައްގީކުރީ ޗައިނާ ކުންފުންޏެއް ކަމަށްވާ ބެއިޖީންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީއޫސީޖީ) އެވެ. އާ ރަންވޭގައި 3،400 މީޓަރުގެ ދިގު މިނެއް ހުންނަ އިރު، 60 މީޓަރުގެ ފުޅާ މިނެއް ހުރެ އެވެ. ދިވެހި ސަރުކާރުން އެ ކުންފުންޏަށް އެ މަޝްރޫއު ހަވާލުކުރީ 400 މިލިއަން އެމެރިކާ ޑޮލަރުގެ އަގަކަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...