ނިދަން އުނދަގޫވާނަމަ އަމަލުތައް ބަހައްޓަންވީ މިގޮތަށް

 


ނިދަން އުދަނގޫވުމަކީ ގިނަބަޔަކަށް ދިމާވާކަމެކެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ގިނަ އުދަގޫތަކާއި ކުރިމަތިލާންޖެހެވެ. އެގޮތުން މޫޑު ބަދަލުވެ ވަރުބަލިކަން އިހުސާސްވުމަކީވެސް ވަރަށް ގިނަ ބަޔަކަށް ދިމާވާކަމެކެވެ. މިކަންތަކުން ފަސޭހައިން ސަލާމަތްވުމަށް މިކަންތައް ކުރެވިދާނެއެވެ.


*ކޮންމެ ދުވަހެއްގެ އެއްގަޑިއެއްގައި ނިދައި ހޭލުން

ބައެއް ފަރާތްތަކުން މިއީ ވަރަށް އުނދަގޫކަމަކަށްވެދާނެއެވެ. ޚާއްސަކޮށް ރޭގަނޑު ޑިއުޓީ ހޭދަކުރާ ފަރާތްތަކުން ދުވާލުގަޑީގައި ކޮންމެވެސް ގަޑިއެއްގައި ނިދިހަމަކުރަން ބޭނުންވާނެއެވެ. އަދި ކޮންމެ ދުވަހަކު އެއްގަޑިއެެއްގައި އޮފީހަށްދާން ބޭފުޅުން ހަފްތާ ބަންދުގައި ލަހުން ތެދުވަން ބޭނުންވާނެއެވެ.
ނަމަވެސް ނިދަން އުދަގޫވާ ފަރާތްތަކުން ކޮންމެ ދުވަހަކު އެއްގަޑިއިރެއްގައި ނިދާހޭލުމުން ނިދި ހަމަޔަކަށް އަޅުވަން ފަސޭހަވާނެއެވެ.


*ކެފެއިން ހުންނަ އެއްޗިހި ބޭނުން ނުކުރުން

ކެފެއިން ހުންނަ ބުއިންތައް ބުއިމުގެ ސަބަބުން އޭގެ އަސަރު ގާތްގަޑަކަށް ސައުވީސްގަޑިއިރަށް ހުރެއެވެ. މީގެ ސަބަބުން ނިދުމަށް އަސަރުކުރެއެވެ. ނިދުނު ނަމަވެސް އިރުއިރުކޮޅާ ހޭލެވޭގޮތްވެސް ދިމާވާނެއެވެ. އަދި މީގެއިތުރުން ނިދަން ގާތްކޮށް މިފަދަ ބުއިންތައް ބުއިމުގެ ސަބަބުން ގިނަގައިން ފާޚާނާޔަށްދާންޖެހޭ ގޮތް ދިމާވާނެއެވެ. މީގެ ސަބަބުންވެސް ނިދަން އުދަގޫވާނެއެވެ.


*ނިދަން ފަސޭހަ މާހައުލެއް ގާއިމް ކުރުން

ނިދަން ފަސޭހަ މަހައުލެއް ގާއިމްކުރުމަކީ ނިދަން އުނދަގޫ މީހުންނަށް ފަސޭހައިން ނިދާލެވޭނެ ކަމެކެވެ. އެގޮތން ކޮޓަރީގެ ފިނިހޫނުމިނާއި، އައްޔާ އަދި އަޑުވެސް ކޮންޓްރޯލް ކުރަންވާނެއެވެ. އަދި ނިދާ އެނދުވެސް ތައްޔާރުކޮށްފައި ހުންނަންޖެހޭނީ ފަސޭހައިން އަރާމުގައި ނިދާލެވޭ ގޮތަށެވެ.


*ނިދާއިރު ފިކުރުތަކާއި ދުރުވުން

ނިދަން އޮށޯތުމުގެ ކުރިން އެކަނި އިދެ އަނެއްދުވަހުގެ ކަންތައްތައް ރާވާލާށެވެ. ނިދަން އޮށޯތުމަށްފަހު ކަންތައްތަކާއި ނުވިސްނާށެވެ. އޭރުން ނިދަން އުދަނގޫވާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...