ދަތް އުނގުޅާ ބުރުހުގައި ބޭސް ޖަހަންވީ މިވަރަށް

ދަތްޕިލަ ހުދުކޮށް ބެހެއްޓުމަށްޓަކައި ގިނަ ފަހަރަށް ދަތް އުނގުޅާ ބުރުހުގައި ބައިވަރު ބޭސްޖަހާތަން ފެނެއެވެ. އާއްމުގޮތެއްގައި ދަތްއުގުޅާ ބޭހުގެ އިސްތިހާރުތައް ދައްކާއިރުވެސް މިމަންޒަރު އާންމުގޮތެއްގައި ފެނިގެންދެއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއްނޫނެވެ.


ދަތްތައް ހުދުކުރުމުގެ ބޭނުމުގައި ބުރުހުގެ ދަތް އުގުޅަން ބޭނުންކުރާ ތަނުގައި އެއްކޮށް ބޭސްޖަހާ ކަމުގައިވާނަމަ އެކުރެވެނީ ވަރަށް ބޮޑު އިސްރާފެކެވެ.
ދަތް އުނގުޅާ ބުރުހުގައި ބޭސްޖަހަން ޖެހޭ އެންމެ ރަނގަޅު މިންވަރަކީ އާދައިގެ ކުޑަ އޮށެއްގެ މިންވަރެވެ.

އަދި ހަމައެއާއެކު ހައަހަރުން ފެށިގެން ހަނގުއުމުރުގެ ކުއްޖެއްނަމަ ދަތްއުގުޅުމަށް ބުރުހުގައި ޖަހަންޖެހޭނީ ހަނޑޫ ފުކެއްވަރުގެ މިންވަރެވެ. ކުޑަކުދިން މާގިނައިން ދަތްއުގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާ ކަމުގައިވާނަމަ ގިނަ އަދަދަކަތް ދަތްއުގުޅާ ބޭސް ދިރުވާލެވިދާނެއެވެ.

އެހެން ކަމުން ގިނައިން ދަތްއުގުޅާ ބޭސް ބުރުހުގައި ޖަހާ އިސްރާފުކޮށްލުމަށްވުރެ، ކުޑަ އޮށެއްވަރުގެ ދަތްއުގުޅާ ބޭސްކޮޅެއް ބޭނުންކޮށްގެން ދަތްއުނގުޅި ކަމުގައިވިޔަސް ދަތްތައް ރީތިކޮށް ހުދުވާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...