އަ ގެދަރިން ފޯ ކޮފީ ލަވާސް، އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި

ކޮފީ އިވެންޓު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދު.

ދިރާގު އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިން ފޯ ކޮފީ ލަވާސް އިވެންޓު އަންނަ ހުކުރު ދުވަހަށް ފަސްކޮށްފިއެވެ.

ރާއްޖޭގައި މިހާތަނަށް ބައްވާ އެންމެ ބޮޑު ކޮފީ އިވެންޓު، އަ ގެދަރިން ފޯ ކޮފީ ލަވާސް އަކީ ދިރާގާއި ކޮފީ ލެބާއި ގުޅިގެން ބާއްވާ ހަރަކާތެކެވެ. އެ އިވެންޓު އިންތިޒާމް ކުރާ ފަރަތުން ބުނެފައި ވަނީ، ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން ފަދަ ސްޕެޝަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު އެ އިވެންޓުން ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބާއްވާ އިވެންޓުން އެއް ވަނަ އަށް ދާ ފަރާތަކަށް ވޯލްޑް އޭރޯ ޕްރެސް އަށް ދިޔުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ. ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ 2010 ވަނަ އަހަރު ލަންޑަނުގައި ފެށި މުބާރާތެކެވެ. އެ މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިޑްނީގައި. އެ މުބާރާތުގައި ތަފާތު 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...