ފަސޭހަކަމާއެކު ގޭގައި ތައްޔާރުކޮށްލެވިދާނެ ފޭސް މާސްކެއް

ދޮންކޭލަކީ ވަރަށް ގިނަ ވިޓަމިން އެކުލެވިގެންވާ މޭވާއެކެވެ. ގިނަ މީހުން ދޮންކެޔޮ ބޭނުން ކުރަނީ ފޮނި ކާއެއްޗެހި ތައްޔާރު ކުރުމަށާއި، ފަނި ގިރުމަށެވެ. މި މޭވާ ބޭނުންކޮށްގެން މޫނުގެ ހަން ޒުވާން ކުރުމަށްޓަކައި، މާސްކެއް ތައްޔާރު ކޮށްލެވިދާނެކަން އެނގޭހެއްޔެވެ؟ މިއީ އުނދަގޫ ކަމެއް ނޫނެވެ.

ދޮންވެފައިވާ ދޮންކެޔޮ ވަކެއް ބޭނުން ކޮށްގެން ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ. އިތުރު އެއްވެސް އެއްޗެއް މި ޕޭސްޓަށް ބޭނުމެއް ނުވެއެވެ. ދެން ތައްޔާރު ކުރި ޕޭސްޓް މޫނުގައި ހޭކުމަށްފަހު، 15 ނުވަތަ 20 މިނެޓްވަންދެން ބަހައްޓާށެވެ. މިއީ މޫނުގެ ހަން އަލިކޮށްދީ، އޮމާން ކޮށްދޭނެ ކަމެކެވެ.

ދޮންކޭލުން ހަމަށް ލިބޭ ފައިދާތަކަށް ބަލާއިރު، އޭގައި އެކުލެވިގެންވާ ވިޓަމިން އޭގެ ސަބަބުން، ހަމުގައި ހުންނަ ލަކުނުތައް ފިލުވުމަށް އެހީތެރިވެދެއެވެ. އަދި ދޮންކޭލުގައިވާ ވިޓަމިން ބީގެ ސަބަބުން، ހަމުގައި ރޫ ޖެހުން ދުރު ކޮށްދީ، ހަން ތެތް ކޮށްދެއެވެ. ދޮންކޭލުގައި ވިޓަމިން އީވެސް އެކުލެވިގެންވެއެވެ. ވިޓަމިން އީގެ ސަބަބުން އިރުގެ ނުރައްކާތެރި ދޯދިތަކުން ހަން ސަލާމަތް ކޮށްދެއެވެ.

އެހެންކަމުން މާ ބޮޑު ބުރައަކާއި ނުލާ، ދޮންކެޔޮ ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ފޭސް މާސްކް ބޭނުން ކުރުމަކީ މިފައިދާތައް މޫނުގެ ހަމަށް ލިބިގެންދާނެ ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...