"ކޮފީ ބޯ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު އެބައޮތް"

ކޮފީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނެކޭ އެއްފަދައިން ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލް ބުއިމެކެވެ.

ކޮފީ ބުއިމުން ސިއްހީ ގޮތުން ފައިދާތަކެއް ލިބޭކަން ދިރާސާތަކުން ހާމަވެފައިވާއިރު، ކޮފީ އަކީ އުމުރު ދިގު ކޮށްދޭ އެއްޗެއްކަން އިނގެރޭސިވިލާތުގައި ކުރި ދިރާސާއަކުން މިވަނީ ހާމަވެފައެވެ. އެ ދިރާސާ ކޮށްފައިވަނީ ބައި މިލިއަން މީހުން ބައިވެރިކޮށްގެންނެވެ. އެ ދިރާސާއިން ހާމަވެފައިވާ ގޮތުން އާދަކޮށް ކޮފީ ބޯ މީހުންގެ 10 ނުވަތަ 15 އިންސައްތަ މީހުންނަކީ ކޮފީ ނުބޯ މީހުންނަށްވުރެ އުމުރު ދިގު މީހުންނެވެ.

އެމީހުންގެ އުމުރު ދިގުވެފައިވަނީ ކޮފީ ބުއިމުގެ ސަބަބުން ކެންސަރު އަދި ހިތުގެ ބަލިތައް ފަދަ ބަލިތަކުން ސަލާމަތް ވުމުގެ ސަބަބުން ކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ. އެހެންނަމަވެސް ދިރާސާގައި ބައިވެރިވި މީހުން ބޮނީ ކަޅު ކޮފީ ނުވަތަ ކިރު ކޮފީ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

ކޮފީ ބުއިމުން ލިބޭ ފައިދާތަކަށް ބަލާއިރު، ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ "ޑައިބެޓިކް2"އިން އިންސާނާ ދުރުކޮށްދިނުން ހިމެނެއެވެ. ދުވާލަކު 6 ތަށި ކޮފީބޯ މީހުންނަށް "ޑައިބެޓިކް2" ޖެހުމުގެ ފުރުސަތު 22 އިންސައްތަ ކުޑަވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކޮފީ ބުއިމުން ޑިޕްރެޝަން އިން ދުރުކޮށްދޭކަން އެނގޭހެއްޔެވެ؟ ޑިޕްރެޝަން އެންމެ މަދުން ތަހައްމަލް ކުރާ މީހުންގެ ތެރޭގައި އާއްމުކޮށް ކޮފީ ބޯ މީހުން ހިމެނޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮފީ ބުއިމުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ކޮރެއާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 3 ނުވަތަ 5 ތަށި ކޮފީ ބޯ މީހުން ހިތުގެ ބަލީގެ އެންމެ ފުރަތަމަ އަލާމާތްތަކުން ދުރުކޮށްދެއެވެ. ކެންސަރަކީ އެބައްޔަކާމެދުގައި އެތައް ބަޔަކު ކަންބޮޑުވާ އަދި ޖެހިލުންވާ ބައްޔެކެވެ. އާއްމުކޮށް ކޮފީ ބޯނަމަ،ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.

ބަރުދަން ލުއި ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮފީ ބޯ މީހަކަށް މިއީ އުނދަގޫ ކަމެއް ނޫނެވެ. ކޮފީ ބުއިމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނަސް އެންމެ އެދެވިގެންވާ ގޮތަކީ ކަސްރަތުކޮށްގެން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...