އެމްޑީޕީ ސަރުކާރުން އިހްމާލުވި ފުލިދޫގެ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެއްސެވީ ރައީސް ޔާމީން

ފުލިދޫ ސްކޫލް ދަރިވަރުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުން އަންނައިރު، ވ. ފުލިދޫގެ ޒުވާނުންވެސް އެ ތަރައްޤީ ގަބޫލް ކުރެއެވެ. 

ލާމެހިފައިވާ ރަށްތަކަކުން ގުޅާލެވިފައިވާ ދިވެހިރާއްޖެ އަކީ ކުދި ކުދި އާބާދީތަކުގެ މައްޗަށް އެކުލެވޭ ރަށްތައް ގިނަ ޤައުމެކެވެ. ދިވެހިރާއްޖޭގައި އޮތް ކުޑަބާދީއެއް ހިމެނޭ އެއް ރަށަކީ އެންމެ 495 މީހުންގެ އާބާދީއެއް އޮންނަ ވ. އަތޮޅު ފުލިދޫއެވެ. ކުރީގެ އެމްޑީޕީ ސަރުކާރުގައި އިހްމާލުވެފައިވާ ފުލިދޫއަކީ މީގެކުރީގެ ސަރުކާރުން ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ ރަށެކެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން މަޝްހޫރު މި ރަށުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރެެއިން 4 ދާއިރާއަކުން 9 މަޝްރޫއެއް ހިންގާފައިވެއެވެ.

އަދި އެ ރަށައް މި ސަރުކާރުން 9.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ސަބަބާއި ހުރެ މިއަދު ފުލިދޫގެ މަސައްކަތުގެ މާހައުލުގައި އުޅޭ ޒުވާން ކުދިން ރައީސް ޔާމީންގެ ސަރުކާރުން މި ޤައުމަށް ގެނެސްދެއްވާފައިވާ ތަރައްޤީ ވަރާށް ބޮޑަށް ޤަބޫލް ކުރެއެވެ. ޗެނަލް 13 އާއި ވާހަކަ ދައްކަމުން ގެސްޓް ހައުސް ވިޔަފާރީގައި ޝާމިލްވެގެން އުޅޭ ފުލިދޫގެ ހީވާގި ޒުވާނަކު ބުނީ ރައީސް ޔާމީންގެ ސަރުކާރުގައި އެ ރަށުގައި ހުރި ތިން ބިން ފަތުރުވެރިކަމުގެ މަސައްކަތައް ދޫކޮށް ދެއްވާފައިވާކަމަށެވެ.

ފުލިދޫ ޒުވާނެއް

އަދި އެ ރަށުގައި އޮތް މި ވިޔަފާރިއަށް ވަރަށް ހާއްސަ ސަމާލުކަމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްވާކަމަށް އެޒުވާނާ ބުނި. މީގެއިތުރުން އެ ރަށުގައި ފުޓްބޯޅަ ގްރައުންޑެއް ތަރައްޤީކުރެވިފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ޔޫތް ސެންޓަރުގެ މަސައްކަތް ކުރެވިފައިވާއިރު، ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރެވެމުން ދާކަން އެ ޒުވާނާ ފާހަގަކުރިއެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ޖެހޭ ކަމަށް ޤަބޫލް ކުރާ ފުލިދޫގެ ޒުވާނަކު ބުނީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ލިބިފައިވާކަމަށެވެ. އެކަން މިއަދު ދިވެހިންނަށް ހަމަލޮލުން ފެންނަން އެބަހުރި ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ޤައުމު އިތުރަށް އާރާސްތު ކުރުމަށް ރައީސް ޔާމީން ދެވަނަ ދައުރުއަކަށް އިންތިހާބް ކުރަން ޖެހޭކަން އޭނާ ފާހަގަކުރިއެވެ. 

ފުލިދޫ ޒުވާނެއް

މިއަދު ރައީސް ޔާމީން ވ. އަތޮޅަށް ގެނެސްދެއްވާފައިވާ ތަރައްޤީގެ ސަބަބުން އެ އަަތޮޅުގެ ހުރިހާ ރައްޔިތުންވެސް ތިބީ ހިނިތުންވުމާއި އެކުގައެވެ. 5 ރަށެއްގެ މައްޗަށް އެކުލެވޭ 1662 މީހުންގެ އާބާދީއެއް އޮންނަ ވ. އަތޮޅުގައި މި ސަރުކާރުން ވަނީ 57 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން 30 މަޝްރޫއު ހިންގަވާފައެވެ. އެހެން ނަމަވެސް މީގެކުރީގެ ސަރުކާރުތަކުން އެ އަތޮޅުގައި ހިނގާފައިވަނީ އެންމެ 3 މަޝްރޫއެކެވެ. މިއަދު ފެލިދޫގެ ރައްޔިތުންގެ އުންމީދުތައްވެސް ގުޅިފައި އޮތީ ރައީސް ޔާމީންގެ ތަރައްޤީއާއި މި މުޖުތަމައުއަށް އަންނަ ތަހްޒީބެވެ. ފެލިދޫގެ ރައްޔިތުން ތިބީ ރައީސް ޔާމީން ދެވަނަ ދަައުރަކަށް އިންތިޚާބު ކުރުމަށްޓަކައި އަތުކުރި އޮޅާލައިގެނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...