ގދ.ތިނަދޫގައި ޕީޕީއެމްގެ އޮފީހެއް ހުޅުވައިފި

ޕީޕީއެމްގެ އޮފީހެއް މިރޭ ގދ.ތިނަދޫގައި ހުޅުވައިފިއެވެ.

އެ އޮފީސް ހުޅުވާފައިވަނީ ތިނަދޫ އުތުރު އަވަށުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ޕީޕީއެމްގެ ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުރާ މަސައްކަތަކީ ޙައްޤަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.

އަދި އެކުވެރިކަމާއި އެކު ކެމްޕޭން ކުރެއްވުމަށް އިލްތިމާސް ކުރައްވަމުން ޝަހީމް ވިދާޅުވީ އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށެވެ. ޝަހީމް ވިދާޅުވީ މިރޭ ތިނަދޫގައި ހުޅުވި ޕީޕީއެމްގެ އޮފީސް މެދުވެރިކޮށް ތިނަދޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ބޭނުންވާ މެސެޖާއި މަޝްވަރާ އާއި ލަފާފުޅުތައް ޕީޕީއެމްގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވިގެން ދާނެ ކަމަށެވެ.

ޝަހީމް ގދ.ތިނަދޫއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އެރަށުގެ ގިނަ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ. ޝަހީމް ވަނީ އެ ކެމްޕެއިން އަކީ "ހިތުން ހިތަށް" ކުރިއަށް ގެންދެވި ކެމްޕެއިނެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...