އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ އާސިމް ތަހުނިޔާ ވިދާޅުވެއްޖެ

އަފްޣާނިސްތާނުގެ 99 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު އާސިމް، އަފްޣާނިސްތާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޞަލާޙުއްދީން ރައްބާނީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އަފްޣާނިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.

އަފްޣާނިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެއޮންނަ ގާތް ގުޅުން ކުރިއަށްއޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...